ބޮލީވުޑްގެ މަޝްހޫރު ތަރި ޝްރައްދާ ކަޕޫރަކީ އޭނާގެ އެކްޓިންގެ ހުނަރުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ.
ޝްރައްދާގެ އެކްޓިންގެ އިތުރުން އޭނާގެ ހިތްހެޔޮ މިޒާޖުގެ ސަބަބުން އާންމުންގެ ލޯތްބާއި ގަދަރު އޭނާއަށް ލިބުނު ނަމަވެސް، ފަހަކަށް އައިސް ޝްރައްދާއާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ އެކި ވާހަކަތައް ދެކެވެމުންނެވެ.
އެގޮތުން ޝްރައްދާއަށް މަސްތުވާތަކެތި ބޭނުން ކުރާކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
މިކަން ގިނަ ބަޔަކު ގަބޫލު ނުކުރި ނަމަވެސް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ޝްރައްދާ ޖަވާބުދާރީވާންދާ މަންޒަރުތައް ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެހެންނަމަވެސް މިކަމާ ގުޅިގެން ޝްރައްދާގެ އިތުރުން އޭނާގެ އާއިލާއިން އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
ބޮލީވުޑް އިންޑަސްޓްރީގައި އެންމެ ބޮޑު މުސާރައެއް ދީގެން އެކްޓުކުރާ ތަރިންގެ ތެރޭގައި ޝްރައްދާ ހިމެނެ އެވެ. ޝްރައްދާގެ ކެރިއަރު ވިދާލަން ފެށީ، އޭނާ ކުޅުނު ފިލްމު "އާޝިކީ" އިންނެވެ.
ތާރީހީ ދަތުރަށްފަހު "އާޓެމިސް 2"ގެ ބައިވެރިންގެ ތަޖުރިބާ
"ބޫތު ބަންގްލާ": ހެއްވާ މަޖާ އަދި ބިރުވެރި މަސްހުނިގަނޑެއް!
ލޯކަލް ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި
