ރޯދަ މަހަކީ އަހަރުތެރޭގައި މުސްލިމުންނަށް އަންނަ އީދެކެވެ. ސަގާފަތުގެ ތަފާތު ކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުގައި މި މަހުގެ ތަޖުރިބާ ތަފާތުވެ އެވެ. މި ބަލާލަނީ ރޯދަ މަހުގެ ތަފާތު ތަޖުރިބާއެއް ބޭނުންނަމަ ދަތުރު ކުރަންވީ ބައެއް ގައުމުތަކަށެވެ.
މިސްރު
މެދު އިރުމަތީގެ އެއް ބާރު ކަމުގައިވާ މިސްރަކީ ރޯދަމަހަށް ހާއްސަ ތައްޔާރީތަކެއް ވާ އެއް ގައުމެވެ. އެގޮތުން އެ ގައުމުގެ މަގުތަކާއި ގެތައް މުޅި ރޯދަމަހު ޒީނަތްތެރި ކުރެވިގެން ދަނީ އެތައްހާސް ލެންޓަންތަކަކުންނެވެ. އެލުވާފައި ހުންނަ މި ބައްތިތަކުން ރޯދަމަހުގެ އިހްސާސް ގެނުވަ އެވެ.
ތުރުކީ
ދެބައްރު ގުޅުވައިދޭ ތުރުކީ ވެސް ރޯދަމަހު ފެންނަނީ މުޅިން ތަފާތު ކޮށެވެ. އޭޝިއާ އާއި ޔޫރަޕްގެ ސަގާފަތް އެކުވެގެން މި ގައުމުގެ މަގުތައް މަތިން ފެންނަ ކުލަތަކަކީ ބަލާލަން ހިތްގައިމު ހިތަށް ފިނިކަން ގެނެސްދޭ ކުލަތަކެކެވެ
އިނގިރޭސި ވިލާތް
ޔަހޫދީންގެ މެޖޯރިޓީއެއް އޮތް ނަމަވެސް އިނގިރޭސި ވިލާތުގައި ވެސް ރޯދަ މަސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރެވެ އެވެ. މިއަހަރު އެގައުމުގައި ކުރެވުނު އެންމެ ހާއްސަ އެއް ކަމަކީ ރޯދަ މަހާ ދިމާކޮށް ސެންޓްރަލް ލަންޑަންގެ މަގުތައް ދިއްލާލުމެވެ.
ދުބާއީ
ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ބެލެވޭ ދުބާއީގެ މާޙައުލަކީ ރޯދަމަހު ހިތްގައިމު މާހައުލެކެވެ. ކުލަގަދަ ރޯދަވީއްލުންތަކާއި އެކި މުނާސަބަތު ތަކުން ދުބާއީގެ މެހެފިލްތައް ފަޅު ފިލުވައިދޭއިރު މި މުނާސަބަތުތައް އިތުރަށް ފުރިހަމަ ކޮށްދެނީ ރަހަމީރު ކެއުންތަކުންނެވެ.
އިންޑިއާ
އިސްލާމީ ގައުމަކަށް ނުވި ކަމުގައި ވިޔަސް އެގައުމުގައި ދިރިއުޅޭ އެތައް ލައްކަ މުސްލިމުންގެ ސަބަބުން އިންޑިއާގައި ވެސް ރޯދަމަސް ފެންނަނީ މުޅިން ތަފާތުކޮށެވެ. ތަފާތު ސަގާފަތްތައް މަސްހުނިވެ ފާހަގަކުރާ މުނާސަބަތުތަކުގައި ޣައިރު މުސްލިމުން ވެސް ބައިވެރިވެ އުޅެ އެވެ.