"މީޑިއާނެޓް އޮރިޖިނަލްސް" ގެ ފުރަތަމަ ފީޗާ ފިލްމް "މަރްޔަމް" އީދު ދުވަހު އައިސް ޓީވީން ދައްކާ ގޮތަށް ނިންމައިފި އެވެ.
އީދު ހަދިޔާއަކަށް "މަރްޔަމް" ބެލުންތެރިންނަށް ދޫކޮށްލާއިރު މިފިލްމަކީ 2021 ވަނަ އަހަރު މީޑިއާނެޓްގެ މަލްޓި ސްކްރީނުން ރިލީޒްކޮށްފައިވާ ފިލްމެކެވެ.
ދެހާސް ސޯޅަ ވަނަ އަހަރު "ވީ ބޭވަފާ" ގެނެސްދިން މަޝްހޫރު ކެމެރާމަން އިބްރާހީމް ވިޝާން (ކަނޑި) ޑައިރެކްޓް ކޮށްފައިވާ މިފިލްމަކީ ޕޮލިޓިކަލް ތުރިލާ އެކެވެ. މިފިލްމުގައި ފެނިގެންދާނީ މަޖިލިސް މެމްބަރު ކަމަށްވާ ވާދަކުރާ އަންހެނަކަށް ދިމާވާ ކަންތައްތަކެވެ.
މިދިޔަ ފެބްރުއަރީގައި އޮލިމްޕަހުގައި އެޅުވި ފިލްމު "ބީވީމާ" ގެ ޑައިރެކްޓަރު އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ މިފިލްމުގައި ފެނިގެންދާ ތަރިންނަކީ މަރިޔަމް މަޖުދާ (މަޖޫ) އާއި އަހުމަދު ސައީދު އާއި އަލީ އާޒިމް (ދޮން އައްޔަ) އާއި އަލީ ޝާޒްލީމުގެ އިތުރުން ރޯނު ހަސަން މަނިކު އެވެ.
މ. މުލަކުގައި ޝޫޓްކޮށްފައިވާ މި ފިލްމުގެ ބައެއް ރޯލްތަކަށް އެ ރަށުގެ މީހުން ވެސް ވަނީ ކާސްޓްކޮށްފަ އެވެ.
ސައުދީއަށް ދިން މިސައިލް ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި
ވިލާ ސިމެންތި: ރާއްޖޭގެ ތަރައްގީގައި 26 އަހަރުގެ އިތުބާރު
އަމްރިތާ ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި
