50،000 ގެއަށް މާލެ ސިޓީ ކައުންސިލުން ހިލޭ ތިމާވެއްޓާއި ރައްޓެހި ކޮތަޅު ބަހަން ނިންމާމައިފި އެވެ.

މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މި ކައުންސިލަކީ ތިމާވެއްޓަށް ލޯބިކުރާ ބައެއް ކަމަށެވެ. އަދި ތިމާވެއްޓާއި ގުޅޭ، ކޮތަޅު ހަދައި ވިއްކަން ހިޔާލު ހުށަހަޅާކަން މުއިއްޒު ފާހަގަކުރައްވާފައިވެ އެވެ.

"25 ކޮތަޅުގެ ޕެކެެެއް ކޮންމެ ގޭބިސީއަކަށް، މާލެ ސިޓީގެ މާލެ ސިޓީ ކައުންސިލްގެ ހަރަދުގައި ފޯރުކޮށްދޭން.". މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވިގޮތުގައި މި މަސައްކަތަށް 1.5 މިލިއަން ހަރަދުވާނެކަަމަށް ލަފާކުރެވެ އެވެ.

އުފައްދާ އެކި ކުލަ ކުލައިގެ ކޮތަޅުތައް އެކި ބޭނުންތަކަށް ބޭނުންކުރެވިދާނެކަމަށް ވިދާޅުވެ، މުއިއްޒު ވަނީ މެމްބަރުންނަށް ހިޔާލު ފާޅުކުރައްވާފަ އެވެ.

"މިސާލަކަށް ނޫކުލައިގެ ކޮތަޅު އެއީ ކޮސްމެޓިކްސް، އަނެއް ކުލައިގެ ކޮތަޅަކަށް އެޅިދާނެ ތަރުކާރީ، އަނެއް ކޮތަޅަށް އެޅިދާނެ އެހެން އެެއްޗެއް، އެގޮތަށްވެސް އަޅުގަނޑުމެންނަށް މީތި ބަހާލެވިދާނެ.". މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ ސަރުކާރުން ޕްލާސްޓިކް ކޮތަޅުގެ އަގު ކަނޑައިލިި ނަމަވެސް، މިއީ ތިމާވެއްޓަށް ނުރައްކާތެރި ކަމެއް ކަން ފާހަގަކުރައްވާފަ އެވެ.