އިންޑިއާގެ އެންމެ މަގުބޫލު ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 15 ކާމިޔާބު ކުރި ޓީވީ ބަތަލާ ތެޖަސްވީ ޕްރަކާޝް ދުބާއީ އިން ގެއެއް ގަނެފި އެވެ.
އެކްތާ ކަޕޫރުގެ "ނާގިން 6" ގެ ލީޑް ރޯލުން މިހާރު ފެނިގެންދާ ތެޖަސްވީ ވަނީ ދުބާއީން އަގު ބޮޑު ގެއެއް ގަނެފަ އެވެ. އެހެން ނަމަވެސް އެ ގެ ގަތް އަގެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި ދުބާއީގެ ކޮން ހިސާބަކުން ގަނެފައިވާ ގެއެއް ކަމެއް ނޭނގެ އެވެ.
ތެޖާސްވީ ޕްރަކާޝް އަށް އެއްވެސް ތައާރަފެއް ބޭނުން ނުވެ އެވެ. މިއަދު ޓީވީ އިންޑަސްޓްރީގައި އެންމެ މަގުބޫލު ބަތަލާ ތެޖާސްވީ ވަނީ އަމިއްލައަށް ޖާގައެއް ހޯދާފަ އެވެ.
މުމްބާއީ ޔުނިވާސިޓީން އިލެކްޓްރޯނިކްސް އެންޑް ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވާ ތެޖަސްވީ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ޓީވީ އެކްޓަރު ކަރަން ކުދުރާ އެވެ.
އިޒްރޭލަށް ރައްދު ދޭނެކަމުގެ އިންޒާރު ހިޒްބުﷲ އިން ދީފި
އާވާރާޕަން 2: ފުރަތަމަ ދުވަހުން ވެސް ރެކޯޑެއް މުގުރާލައިފި
ބަނޑަށް 8 މަހުގައި ވެސް ދީޕިކާ ފިލްމީ މަސައްކަތްތަކުގައި!