ބ. ދަރަވަންދޫ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް އަލުން ފެށުމަށް ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބުނީ ދަރަވަންދު އަށް އަލުން ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އަންނަ މަހުގެ 15 ދުވަހު ކަމަށެވެ. އެ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ޝެޑިއުލް ދަތުރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ.
ދަތުރުތައް ފަށާއިރު ފެއާއެއްގެ ދަށުން އާންމު އަގަށްވުރެ ޓިކެޓު އަގުހެޔޮވާނެ އެވެ.
މޯލްޑިވިއަންއިން އެ ރަށު އެއާޕޯޓަށް ކުރި ދަތުރުތައް ހުއްޓާލީ 2019 ވަނަ އަހަރު އެވެ.
ގައުމީ އެއާލައިން އިން އަންނަނީ ރާއްޖޭގެ 16 މަންޒިލަކަށް ދަތުރު ކުރަމުންނެވެ.
މޯލްޑިވިއަން އިން ވަނީ އެ އެއާލައިންގެ ފްލީޓު އިތުރު ކުރުމުގެ ގޮތުން އޭޓީއާރް މަރުކާގެ މުޅިން އާ ތިން މަތިންދާ ބޯޓު މިއަހަރު ތެރޭގައި ރާއްޖެ ގެނެސް އޮޕަރޭޝަނަށް ނެރެފަ އެވެ.

ރޯދަ މަލާފަތް: ތަފާތު ކޮށްލަން ކަށިކެޔޮ ކަނދި ކިހިނެއް ވާނެ؟
ރޯދަ މަސް: ނުކައި ތިބެ ބަރުދަން އިތުރުވާ މަސް!
ރޯދަ ހިފަންތޯ އެހުމުން ކަރީނާ ބުނީ ކީކޭ؟