ފަލަސްތީނުގެ ބިމުގައި ހުރި އިޒްރޭލުގެ ދިދައަކަށް ކާޅެއް އިހާނެތިކޮށް ހިތާ މަންޒަރު ފެންނަ ވީޑިއޯއެއް އިންޓަނެޓުގައި ދައުރުވަމުން އެބަދެ އެވެ.

އެތައް ބަަޔަކު ބަލައި ޝެއާކޮށްފައިވާ އެ ވީޑިއޯއިން ފެންނަނީ ދިދަ ދަނޑިއެއްގައި ހުރި އިޒްރޭލުގެ ދިދައެއް ކާޅެއް އައިސް އޭގެ ތުނބުން މޮހާލައި ބިންމައްޗަށް ވައްޓާލާ މަންޒަރެވެ.

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިމުގައި ހުރި އެ ދިދަ އޭގެ ދަނޑިން މޮހާލުމަށްޓަކައި ކާޅު ވަރަށް ބޮޑަށް މަސައްކަތްކުރާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.

މި މަންޒަރު ބަލަން އެ ސަރަހައްދަށް އެއްވި ގިނަ ބަޔަކަށް ހައިރާންކަން ގެނުވި އިރު ބައެއް މީހުން ވަނީ އެ މަންޒަރު ވީޑިއޯ ނަގައި އިންޓަނެޓަށް ދޫކޮށްލައިފަ އެވެ.

https://www.youtube.com/watch?v=8GoqE11M45A

މި ވީޑިއޯއަށް ކޮމެންޓް ކުރި ގިނަ ބަޔަކު ވަނީ ފަލަސްތީނުގައި އިޒްރޭލުގެ ބާރެއް އޮންނަ ކުޑަ ކުޑަ ކާޅެއް ވެސް ނޭދޭ ކަމަށާއި އެއީ ފަލަސްތީނުގެ ބިމުން އިޒްރޭލަށް އެއްވެސް މިންވަރެއް ހައްގުނުވާ ކަމުގެ ރަމްޒެއް ކަމަށް ބުނެފަ އެވެ.

މި ވީޑިއޯއާއެކު ބައެއް މީހުން ވަނީ އެހެން ޖަނަވާރުން ވެސް އިޒްރޭލުގެ ދިދައަށް އިހާނެތިކޮށް ހިތާ މަަންޒަރު ފެންނަ ވީޑިއޯތައް އިންޓަނެޓަށް ލާން ފަށާފަ އެވެ.

މި ހުރިހާ ކަމަކީ އިޒްރޭލުގެ ޒައަނިސްޓް ސަރުކާރު ފަލަސްތީނުގައި އޮންނަން ނޭދޭ މިންވަރު ހާމަވާ ކަމެއް ކަމަށް ވެސް ގިނަ މީހުން އަންނަނީ ބުނަމުންނެވެ.