ކޭޕޮޕް ބޭންޑް ބީޓީއެސްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަންކޫކުގެ ގެއަށް ކާބޯތަކެތި ނުފޮނުވުމަށް ސަޕޯޯޓަރުންގެ ކިބައިން އޭނާ އެދިއްޖެ އެވެ.
މި ފަހުން ބައެއް ސަޕޯޓަރުން ވަނީ ޖަންކޫކް ދިރިއުޅެމުން އަންނަ ގޭގެ އެޑްރެސް ހޯދައި އެ އެޑްރެހަށް އެކި ކަަހަލަ ކާ އެއްޗެހި ފޮނުވަން ފަށައިފަ އެވެ.
އެހެން ނަމަވެސް މިކަން ނުކުރުމަށް އެދެމުން ޖަންކޫކް ބުނީ އެއީ ސަޕޯޓަރުންގެ ލޯބި ދައްކުވައިދޭ ކަމެއް ނަމަވެސް އަމިއްލަ ކެއިންބުއިމުގެ ކަންކަން އޭނާ އަމިއްލައަށް ބެލެހެއްޓޭނެ ކަަމަށެވެ.
އެގޮތަށް ލިބޭ އެއްވެސް ކެއުމެއް ނުކާނެ ކަމަށް ބުނަމުން ޖަންކޫކް ވަނީ އެފަދަ އޯޑަރުތަކުގެ އޯޑަރު ނަމްބަރު ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފަ އެވެ.
ޖަންކޫކް އޭނާގެ ސަޕޯޓަރުންގެ ކިބައިން މި އެދުން އެދިފައި މިވަނީ އެ ގައުމުގެ ނޫހެއްގައި އޭނާގެ ގޭގެ ތަފްސީލުތައް އާއްމުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ބީޓީއެސްއަކީ މުޅި ދުނިޔޭގައި ވެސް މަގްބޫލު ބޭންޑަކަށް ވާއިރު އެ ބޭންޑުގެ މެމްބަރުންނާ ބައްދަލު ކުރުމަށްޓަކައި ބައެއް ސަޕޯޓަރުން ތަފާތު ކަންތައްތައް ވެސް ކޮށްފައި އެބަހުއްޓެވެ.
ރާއްޖެއިން ފަލަސްތީނަށް 50،000 ޑޮލަރުގެ އެހީ ދެނީ
ފަހަތުން އަރައި ސެނެގާލް ބަލިކޮށް، ބެލްޖިއަމް ގަދަ 16އަށް