ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ އިންފްލުއެންސަރު ހަސްބުﷲ މަގަމެދޯވް އާއި އޭނާގެ ބައެއް އެކުވެރިން މަގުމަތީގެ ކުށްތަކެއްގައި ހައްޔަރުކޮށްފި އެވެ.
ހަސްބުﷲ އާއި އޭނާގެ ބައިވެރިން ހައްޔަރުކޮށްފައި ވަނީ އޭނާގެ އުފަން ރަޝިއާގެ ޑަގެސްތާނުގެ މަގުތައްމަތިން ބާރު ސްޕީޑުގައި ކާރު ދުއްވުމާއި އެކި ކަހަލަ ސްޓަންޓް ޖެއްސުމުގެ ކުށުގަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެމީހުން މަގުމަތީގައި ކާރު ސްޓަންޓްތައް ޖައްސާފައި ވަނީ ކައިވެނި ހަފްލާއެއްގެ މުނާސަބަތުތަކުގެ ތެރެއިންނެވެ.
ހަސްބުﷲއާއި އެކުވެރިން ކާރުގައި ސްޓަންޓް ޖައްސާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ސަރަހައްދުގެ ދާޚިލީ އި ދާރާއިން ބުނީ އެފަދަ މައްސަލައެއް ފާހަގަވެ، ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
މި ވީޑިއޯ އާއްމު ވުމުން ހަސްބުﷲ ވަނީ އޭނާގެ އުޅުމަށް މައާފަށް އެދޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް ބުނެފަ އެވެ.
އެހެން ނަމަވެސް އެ ކަންކަމުގައި ކާރު ދުއްވަން އިނީ އޭނާ ނޫން ކަމަށާއި އެއީ އޭނާގެ ކާރެއް ވެސް ނޫން ކަމަށް ބުނެ ހަސްބުﷲ ވަނީ އޭނާގެ އަމިއްލަ ނަފްސު ދިފާއުކޮށްފަ އެވެ.
ހަސްބުﷲ ގިނަ ބައަކަށް ފާހަގަ ވެގެން ދިޔައީ އޭނާގެ ކުރު އިސްކޮޅުގެ ސަބަބުންނެވެ. އިސްކޮޅުގައި އެންމެ ތިން ފޫޓު ތިން އިންޗި ހުންނަ ހަސްބުﷲ ވަނީ އޭނާގެ އިސްކޮޅާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ.
ރަންވީރުގެ ކުރިން ބޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ވަކިވި ތަރިން!
ބްރެޑްއަށް ހަމަ ޖެހުމެއް ނެތް: މުޅިން އާ ދަައުވާއަކާއެކު ކޯޓަށް!
ކޭވްގައި ދެ މައިންގެ މަރުވީ އޮކްސިޖަން ނުލިބިގެން