ބޮލީވުޑްގެ ކާމިޔާބު ފިލްމު ފްރެންޗައިޒް "ޑޮން"ގެ ތިންވަނަ ބައިގެ ލީޑު އެކްޓަރަކަށް ޝާހްރުކް ޚާންގެ ބަދަލުގައި ރަންވީރު ހަމަޖައްސާފައިވާ ކަމަށް އަޑު އަރައިފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ ޝާހުގެ ބަދަލުގައި ރަންވީރު ޑޮން 3ގެ ލީޑު ރޯލަށް ނަގަން ފިލްމުގެ ޑައިރެކްޓަރު ފަރްހާން އަޚްތަރު މިހާރު ނިންމާފައިވާ ކަމަށާއި އެ ނިންމުން ވަރަށް އަވަހަށް އާއްމު ކުރާނެ ކަމަށެވެ.
މި ފިލްމުގައި ޝާހުގެ ބަދަލުގައި ލީޑު ރޯލުން ފެނިގެންދާނެ ކަމަށް ގިނަ އެކްޓަރުންތަކެއްގެ ނަން ދައުރުވެފައިވެ އެވެ. އޭގެ ތެރޭގައި ރިތިކް ރޯޝަންއާއި ރަންވީރު ހިމެނެ އެވެ.
ޑޮން ފްރެންޗައިޒުގެ ކާމިޔާބު ދެ ފިލްމެއް މިހާތަނަށް ނެރެފައިވާއިރު އެ ދެ ފިލްމުގެ ލީޑު ރޯލުން ވެސް ފެނިގެން ގޮސްފައިވަނީ ޝާހްރުކް ޚާނެވެ.
ފިލްމު އުފައްދާ އެކްސެލް ޕްރޮޑަކްޝަންއާއެކު މީގެ ކުރިން ރަންބީރު މަސައްކަތް ކޮށްފައިވާއިރު އެ ޕްރޮޑަކްޝަންގެ ވެރިންނަށް ރަންވީރު ކަމުގޮސްފައިވާ ކަމަށް ނޫސްތަކުން ބުނެ އެވެ.
ޑޮންގެ ފިލްމެއްގައި ޝާހުގެ ބަދަލުގައި އެހެން އެކްޓަރެއް ހަމަޖެއްސި ވާހަކަ އަޑު އެރުމާއެކު ޝާހުގެ ސަޕޯޓަރުން ދަނީ ފަރްހާންއަށާއި ފިލްމުގެ ޕްރޮޑަކްޝަންއަށް ފާޑުކިޔައި އެއީ ކާމިޔާބު ފިލްމަކަށް ނުވާނެ ކަމަށް ބުނަމުންނެވެ.
އީރާނާ ގުޅޭ ގޮތުން ޓްރަމްޕް ހައްދަވަނީ ދޮގު: ގާލީބާފް
ހަނގުރާމައިގެ ތެރޭގައި ވެސް ވޯލްޑް ކަޕްގައި އީރާން ކުޅޭނެ: ފީފާ
އެސްޖީކަމުގެ ދައުރު ނިމުމުން ރައީސް ނަޝީދު އެނބުރި ރާއްޖެ އަށް