މި ޕެންޑެމިކްގެ ތެރޭގައި އިންސާނިއްޔަތަށްޓަކައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީގެން މީހުންގެ ލޯބި ހޯދި ބޮލީވުޑްގެ ތަރި ސޯނޫ ސޫދް މިވަނީ އަނެއްކާ ވެސް ހަމަ އެފަދަ ކަމެއް ކޮށްފަ އެވެ.
ދާދި ފަހުން ސޫދް ވަނީ އޭނާގެ ފިލްމެއްގެ މަސައްކަތް ކުރަމުންދާ ހައިދްރަބާދްގެ ސެޓަކަށް ގޮސް، އެ ސެޓުގައި ތިބި 100 ކްރޫ މެމްބަރުންނަށް މޮބައިލް ފޯނު ބަހާފަ އެވެ. އޭގެ ތެރޭގައި ސެޓް ބޯއީސް، ލައިޓްމެން އަދި އެސިސްޓެންޓް ޑިރެކްޓަރުން ވެސް ހިމެނެ އެވެ.
ސޫދްގެ މި ހިތްހެޔޮ ކަމުން އެ ސެޓުގައި މަސައްކަތް ކުރަމުންދިޔަ ހުރިހާ މީހުންވެސް ތިބީ އުފަލުން ފޮޅިފަ އެވެ.
މީގެ އިތުރުން ވެސް ސޯނޫ ދަނީ އޭނާގެ ސެޓްތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ފަގީރު އާއިލާތަކުގެ މީހުން ދެނެގަނެ އެމީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މޮރިޝަސް އިން ރާއްޖެއާ ގުޅުން ކަނޑާލައިފި
400 އަހަރު ކުރީގެ މާލެ: ތަފާތީ ކޮން ކަމެއް؟
ވާހަކަ: ނުބުނެވުނު ބަސްތަކުން...
