އަށް ގައުމެއްގެ ނުވަ ސިޓީގައި 150 އަށްވުރެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފިނަމަ އެ ސިޓީތަކުގައި ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެގޮތަށް ނިންމީ އަންނަ ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ވީހާވެސް ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
އެ ކޮމިޝަނުން އިއްޔެ ނިންމާފައި ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ އާއި އެ ގައުމުގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އާއި މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރާއި ސިންގަރޫރާއި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނާއި ތައިލޭންޑްގެ ވެރިރަށް ބޭންކޮކާއި އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީ އާއި ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި ވޯޓުލުމަށް 150 މީހުން ރަޖިސްޓްރީކޮށްފިނަމަ ވޯޓު ފޮށި ބެހެއްޓުމަށެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ. އެގޮތުން ވޯޓުލާ މީހުންގެ ލިސްޓް އިއުލާންކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.