ފުވައްމުލަކު އުތުރު ފަރާތުގައި ލަމުން އަންނަ ތޮށީގެ ޑިޒައިން ޕްލޭނިންގް މިނިސްޓްރީން ހާމަނުކޮށް ސިއްރު ކޮށްފި އެވެ.
އަމިއްލަ ފަރާތަކުން ޕްލޭނިންގް މިނިސްޓްރީގައި އެދިފައި ވަނީ ފުވައްމުލަކު އުތުރު ފަރާތުގައި ލަމުން އަންނަ ބޮޑުހިލަ ތޮށީގެ ޑިޒައިން ހިއްސާކުރުމަށެވެ.
އެހެން ނަމަވެސް މިނިސްޓްރީން ވަނީ އެ މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.
އަމިއްލަ ފަރާތަކުން ފޮނުވި ސިޓީގެ ޖަވާބުގައި މިނިސްޓްރީ އޮފް ޕްލޭނިން އިން ބުނެފައި ވަނީ، އެދިފައިވާގޮތަށް ފުވައްމުލަކު އުތުރު ފަރާތުގައި ލަމުންދާ ތޮށިގަނޑުގެ ޑިޒައިނަކީ އެމަސައްކަތް ކުރުމަށް މިނިސްޓްރީ އާއި ކޮންޓްރެކްޓަރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސިއްރު ހިފެހެއްޓުން ޝަރުތުކޮށް މިނިސްޓްރީ އަށް ލިބިފައިވާ މައުލޫމާތެއް ކަމަށެވެ.
އެހެންވީމާ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ 22 ވަނަ މާއްދާގެ ށ އާއި ހަވާލާދީ އެމައުލޫމާތު ދެވެން ނެތް ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަަ އެވެ.
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގާ ބިޔަ މަޝްރޫއަކީ ރާއްޖޭގެ ރަށެއްގައި ހިންގާ އެންމެ ބޮޑު މަޝްރޫއެވެ.
މި މަޝްރޫއުގެ ދަށުން ފުވައްމުލަކު ބަނދަރުގެ އުތުރުން ފެށިގެން އަނބުލު ފަންނާ ހަމަޔަށް ރަށުގެ އިރުމަތީ ފަރާތުގައި 2،650 މީޓަރު ދިގު ސަރަހައްދެއްގައި ބޮޑުހިލައިގެ ތޮއްޓެއް ލުމަށް ހަމަޖެހިފައިވެ އެވެ.
މި މަޝްރޫއަކީ ނެދަލެންޑް ސަރުކާރުގެ ހިލޭ އެހީއާއި ކުވެއިތު ފަންޑުގެ ލޯނު އެހީއާ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ.
ޕްރިޔަންކާއަށް "ގްލޯބަލް ވެންގާޑް" އެވޯޑް ލިބިއްޖެ
އައިޝާ ޑޮކިއުމެންޓްރީ: އަމުރަށް ތަބާވާން މީޑިއާތަކަށް އަންގައިފި
ކެއިންބުއިމުގެ ސަބަބުން ދަރިމައިވުމުގެ ސިއްހަތަށް އަސަރު ކުރޭތަ؟
