ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް 15 ގައުމަކަށް އިލެކްޗަންސް ކޮމިޝަނުން ދައުވަތު ދީފި އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މިއަހަރު ބާއްވާ ރިޔާށީ އިންތިހާބު އޮބްޒާވްކުރުމަށް 15 ގައުމަކަށް ދައުވަތު ދީފައިވާ ކަމަށެވެ.
އެ ގައުމުތަކަކީ:
ޖޯޖިއާ
ފިލިޕީންސް
އިންޑޮނޭޝިއާ
ތައިލެންޑް
ސައުތު ކޮރެއާ
ސައުތު އެފްރިކާ
ކިރްގިސްތާން
ރިޕަބްލިކްހަންޑްރަސް
ސްރީ ލަންކާ
ބޮސްނިއާ އެންޑް ހާޒެގޯވިނާ
އޮސްޓްރޭލިއާ
ޖޯޑަން
ކެނެޑާ
ޖަޕާން
ނޭޕާލް
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ވަނީ ރިޔާށީ އިންތިހާބުގެ ވޯޓު ފޮށި 8 ގައިމެއްގައި ބެހެއްޓުމަށް ނިންމާފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ 8 ގައުމެއްގެ ނުވަ ސިޓީގައި 150 އަށްވުރެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފިނަމަ އެ ސިޓީތަކުގައި ވޯޓުފޮށި ބަހައްޓާނެ ކަމަށެވެ.
އެ ކޮމިޝަނުން އިއްޔެ ނިންމާފައި ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ އާއި އެ ގައުމުގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އާއި މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރާއި ސިންގަރޫރާއި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނާއި ތައިލޭންޑްގެ ވެރިރަށް ބޭންކޮކާއި އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީ އާއި ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި ވޯޓުލުމަށް 150 މީހުން ރަޖިސްޓްރީކޮށްފިނަމަ ވޯޓު ފޮށި ބެހެއްޓުމަށެވެ.
ކުރިން ރިޔާސީ އިންތިހާބުތަކުގައި ވޯޓު ފޮއްޓަކަށް ރަޖިސްޓްރީ ކުރަނީ 1،000 މީހުން ކަމަށްވިޔަސް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށްވޯޓު ފޮއްޓަކަށް ރަޖިސްޓްރީ ކުރާ އަދަދު 800 އަށް ވަނީ ދަށް ކޮށްފަ އެވެ.