މިސައިލް ހަމަލައެއް ދީ ޔުކުރެއިންގެ އެންމެ ފަހުގެ މަނަވަރު ގޮއްވައިލައިފި ކަމަށް ރަޝިޔާއިން ބުނެފިއެވެ.

"ޔުކްރެއިންގައި އޮތް އެންމެ ފަހުގެ މަނަވަރު ކަމުގައިވާ ޔޫރީ އޮލެފިރިންކޯ އޮޑެސާގެ ބަނދަރުގައި ވަނިކޮށް ވަނީ ގޮއްވާލެވިފައި،" ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލެއް ކަމުގައިވާ އީގޯ ކޮނަޝެންކޯވް ވިދާޅުވިއެވެ.

މަނަވަރަށް އަމާޒުކޮށްފައި ވަނީ މިސައިލެއް ކަމުގައި ވިދާޅު ވުމުގެ އިތުރަށް އެކަމާ ބެހޭ މާބޮޑު ތަފުސީލެއް އޭނަ ނުދެއްވައެވެ.

ޔުކްރެއިންގެ ނޭވީގެ ސްޕޯކްސް ޕާސަން އޮލެހް ޗަލީކް ރަޝިޔާގެ މިވާކަޔާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަވަން ދެކޮޅު ހެއްދެވިއެވެ. އޭނާ ވިދާޅުވީ ހަނގުރާމައިގާ ހަލާކުވާ އެއްޗެތީގެ ވާހަކަ އާންމު ކުރުމަކީ ޕޮލިސީއާ ޚިލާފު ކަމެއް ކަމުގައެވެ.

ޔުކްރޭނާ ރަޝިޔާގެ ހަނގުރާމަ ދިގުލައިގެން ގޮސްފައިވާ އިރު ރަޝިޔާގެ ވައިގެތެރެއަށް ގިނަ އަދަދެއްގެ ޑްރޯންތަކެއް ވަން މައްސަލަ މިހާރު ވަނީ ފެންމަތި ވެފައެވެ. މޮސްކޯގެ އާންމުން ދިރިއުޅޭ ހިސާބުތަކަށް ފޯރި މި ޑްރޯންތައް ރަޝިޔާގެ އެއާ ޑިފެންސް ސިސްޓަމުން ހަލާކު ކޮށްލިއެވެ. އެހެނަސް ވައިގެތެރޭގައި ގުމުގުމައިގެން ދިޔަ އަޑުފަށްގަނޑާއެކު ނިދާފައި ތިބި މީހުންނަށް ހޭލެވުނު ކަމުގައި ވެއެވެ. ރަޝިޔާއިން މި ހަމަލާތައް ޔުކްރޭނުގެ ބޮލުގައި އެޅުވިޔަސް ޔުކްރޭނުން ބުނަނީ އެކަމާ އެމީހުނާ ގުޅުމެއް ނެތް ކަމުގައެވެ.

ރަޝިޔާއިން ވަނީ ޔުކްރޭނުގެ ވެރިރަށް ކީވް އަށް ދޭ މިސައިލާއި ޑްރޯން ހަމަލާތައް އިތުރު ކޮށްފައެވެ. މިހަމަލާތަކާ އެކު ލިބެމުން ދާ ގެއްލުމާއެކު މީހުން ސަލާމަތް ކުރަން ހަރަކާތްތެރިވާ ފަރާތްތައް ވަރަށް ބޮޑަށް ވަރުބަލިވެފައިވާން ކަމަށް ޔުކްރޭންގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކުރެއެވެ.