އިންޑިޔާގެ މަތީ ފެންވަރުގެ ގިނަ ރެސްލަރުންތަކެއް މުޒާހަރާއެއްގެ ތެރެއިން ހައްޔަރު ކޮށްފި އެވެ.
ފުލުހުން އެމީހުން ހައްޔަރު ކުރީ ރެސްލާސް ފެޑެރޭޝަންގެ ރައީސް ހައްޔަރު ކުރުމަށް ގޮވާލައި ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ. ފެޑެރޭޝަނުގެ ވެރިޔާ އަށް ތުހުމަތު ކުރެވެނީ އަންހެން ރެސްލަރުންނަށް ޖިންސީ ގޮތުން ފުރައްސާރަ ކުރުމެވެ.
އިންޑިއާގެ ރެސްލިން ފެޑެރޭޝަނުގެ ރައީސް ބްރިޖް ބުހްޝާން ޝަރަން ސިންގާ ދެކޮޅަށް ރެސްލަރުން އެންމެ ފުރަތަމަ މުޒާހަރާ އަށް ނިކުތީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ. އެފަހަރުގެ މުޒާހަރާތައް ހުއްޓާލީ ސްޕޯޓްސް މިނިސްޓްރީން ރެސްލަރުންގެ ފެޑެރޭޝަނުގެ ވެރިޔާ ރަސްމީ މަސައްކަތަކުން އެކަހެރި ކުރުމުންނެވެ. ޝަރަން ސިންގަކީ ވެރިކަން ކުރާ ބަހާރަތިޔާ ޖަނަތާ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރެއް ވެސް މެ އެވެ. އަންހެން ރެސްލަރުންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ އޭނާ ދެކޮޅު ހަދަ އެވެ.
ނިއު ދިއްލީގެ ފުލުހުން ލޯކަލް ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި ރެސްލަރުން ހައްޔަރު ކުރަން ޖެހުނީ ގާނޫނާ ޚިލާފު ވުމުންނެވެ. އެގޮތުން އިންޑިޔާގެ އާ ޕާލަމެންޓު އިމާރާތް ހުޅުވުމުގެ ހަރަކާތްތައް ހިނގި ވަގުތު އެހިސާބުގައި ޖަހާފައި ހުރ ބެރިކޭޑްތައް ހުރަސްކުރަން އުޅުނުކަން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.
"މިހިރީ އަހަރެމެންގެ ޗެމްޕިއަނުންނާ ދޭތެރޭ ކަންތައް ކުރާ ގޮތް. ދުނިޔެއަށް މިތަން ފެންނާނެ" ޕޮލިހުން ރެސްލަރުން ގަދަކަމުން ދަމާފައި ގެންދާ މަނަޒަރު ފެންނަ ވީޑިއޯއެއް ޓުވިޓާގައި ޝެއާ ކުރަމުން އޮލިމްޕިކް ބޮރޯންޒް މެޑަލް ހާސިލް ކޮށްފައިވާ މިސް މާލިކް ލިޔެފައިވެ އެވެ.
ޖިންސީ ގޯނާގެ ފުރައްސާރަ ކުރެވޭ ޝަރަން ސިންގާ ބެހޭ ގޮތުން ސަރުކާރުން ބުނަމުން އަންނަނީ އޭނާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާތީ އެތަހުގީގުގެ ނަތީޖާއަށް މަޑުކުރުމަށެވެ.