ސިނަމާލޭ ބްރިޖުން ދަތުރުކުރަމުންދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ 16:09 ހާއިރު ކަމަށެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ކުރި މަސައްކަތުން 16:20 ހާއިރު ވަނީ އަލިފާން ނިއްވާލައިފަ އެވެ.
މިހާދިސާގައި އަލިފާން ރޯވި ކާރުގެ ކުރީކޮޅަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. ހާދިސާ ހިގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
އިށީނދެ އިންނައިރު ބުރަކަށީގެ ރިހުން ކުޑަ ކުރެވޭނެ ދެތިން ގޮތެއް!
ޔުނިސެފުން ރާއްޖެއަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި
ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓު ސަސްޕެންޑްކޮށްފި
