ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވެރިކަމުގެ އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، ނައިބު ރައީސް ފައިސަލް ނަސީމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންފި އެވެ.
މި ރަސްމިއްޔާތު އޮތީ، ތުރުކީގެ ވެރިރަށް އަންކާރާގައި ހުންނަ ރިޔާސީގަނޑުވަރު އެކުވެނީގަ އެވެ.
ތުރުކީގައި 28 މެއި 2023 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ރައީސް އުރްދުޣާން ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ތިންވަނަ ދައުރެއް ކަށަވަރުކުރައްވާފަ އެވެ.
ވެރިކަމުގެ އާ ދައުރަށް އުރްދުޣާން ހުވާކުރެއްވުމުގެ މި ރަސްމިއްޔާތުގައި، ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާއި ސަރުކާރުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި މިރަސްމިއްޔާތަށް ވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންނާއި ވަފުދުތަކުގެ ޝަރަފްގައި ތުރުކީވިލާތުގެ ރައީސް ދެއްވާ ރޭގަނޑުގެ ފަރިއްކޮޅެއްގައި ވެސް ނައިބް ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރާއްޖެއިން ތުރުކީއާއެކު ސިޔާސީގުޅުން ގާއިމްކޮށްފައި ވަނީ، 28 މޭ 1979 ގަ އެވެ
ހުރާގައި އަލިފާނުގެ ހާދިސާއެއް ހިނގައި 15މީހަކު ހާލުގައި ޖެހިއްޖެ
ޑެންގީގައި ހާލު ސީރިއަސްވި ޒުވާނަކު ނިޔާވެއްޖެ
އާންމުންގެ އެހީއާއެކު 213،998 ރުފިޔާގެ އެހީ ދިރާގުން ހަދިޔާކޮށްފި