ސިނގިރޭޓަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު ހަރަދެއް ކުރެވޭ އެކައްޗެވެ. ދޫކޮށްލަން އުނދަގޫ މި އާދައަށް ކޮންމެ މަހަކު ލިބޭ އާމްދަނީގެ ބޮޑު ބައެއް ގެއްލުވާލާ މީހުން ވެސް އުޅެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަރަށް ފަހުން ނެރުނު ތަފާސް ހިސާބުތަކުން ދުނިޔޭގައި ސިނގިރޭޓަށް އެންމެ ގިނައިން ހަރަދުކުރާ ގައުމު މިވަނީ އެނގިގެން ގޮސްފަ އެވެ.
މި ގައުމުގެ އިގްތިސާދު އަޑިޖެހިފައި އޮތް ނަމަވެސް އެ ގައުމުން ސިނގިރޭޓަށް ކުރާ ޚަރަދުތައް މަދުވެފައެއް ނުވެ އެވެ. އެއީ އަރަބި ގައުމެއް ކަމަށްވާ ލުބްނާނެވެ.
ލުބްނާނުގައި ސިނގިރޭޓަށް ހަރަދުކުރާ ޕާ ކެޕިޓާ ރޭޓު 36.7 އެމެރިކާ ޑޮލަރުގައި އުޅޭއިރު މިއީ އާބާދީ ބޮޑު އެމެރިކާއަށްވުރެ ޑޮލަރެއް އިތުރު އަދަދެކެވެ.
35.6 ޑޮލަރާއެކު ލިސްޓުގެ ދެވަނަ އެމެރިކާއަށް ލިބޭއިރު ތިންވަނައިގައި އޮތީ އިތުރު އަރަބި ގައުމެއް ކަމަށްވާ ގަތަރެވެ. ބަހްރެއިންއާއި ޔޫރަޕްގެ އިތުރު ގައުމުތައް ލިސްޓުން ޖާގަ ހޯދާފައިވަނީ އޭގެ ފަހުންނެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު ލުބްނާނުގެ ކޮންމެ މީހަކު 1955 ސިނގިރޭޓު ބޮއެވެ. މިއީ އަވަށްޓެރި ގައުމުތަކާ އަޅާބަލާއިރު ބޮޑު އަދަދެކެވެ.
ތޮރާ ފެން: ނޭވާލާ ނިޒާމުގެ ބަލިތަކަށް ގެވެށި ފަރުވާއެއް!
ނޫސްތައް ބަންދުކުރާ ބިލް ބޭރުކުރަން ގިނަ ބަޔަކު ގޮވާލަނީ
އަޒާން އަލުން 241 ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީއަށް ލައިފި
ދިވެހި ރާއްޖެ ނައްޓާފަ ނުދާނެ. ތިޔަ ހިސާބު ގޯސް.