މިމަހުގެ 25 އިން ފެށިގެން ސަރުކާރު ބަންދުވާނެތީ، މި މަހުގެ 22 ވަނަ ދުވަހުގެ ކުރިން މުސާރަތައް ދިނުމަށް ފިނޭންސް މިނިސްޓްރީ އިން ސަރުކާރުގެ ހުރިހާ އޮފީސްތަކަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ އަޟްހާ އިދާ ގުޅިގެން ޖޫން 25 އިން 29 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށާއި، އެހެންވުމުން ޖޫން މަހުގެ މުސާރަ އެ މިނިސްޓްރީން ޕްރޮސެސް ކުރާނެ އެންމެ ފަހު މުއްދަތަކީ މި މަހުގެ 22 ވަނަ ދުވަސް ކަމަށެވެ.

މި މަހުގެ މުސާރައިގެ އިތުރުން ދުވަހުގެ އަދަދުން ހިސާބު ކުރާ އިނާޔަތްތަކާއި އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ބަލަން ވާނީ މޭ 16 އިން މި މަހުގެ 10 ދުވަހުގެ ނިޔަލަށް ކަމަށް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވެ އެވެ. އަދި ދައުލަތުގެ އެކައުންޓިންގ ސޮފްޓްވެއަރ "އެކައުންޓްސް ޕޭޔަބަލް މޮޑިއުލް" ބޭނުން ކުރާ އޮފީސްތަކުން ވައުޗަރތައް 19 ޖޫންގެ 14:00 ކުރިން ސިސްޓަމަށް ޕޯސްޓް ކުރަން ވެސް މި ސާކިއުލާގައި އަނގާފައިވެ އެވެ.