ކުނި މެނޭޖް ކުރުމާބެހޭ ގަވައިދާ ހިލާފު ވެފައިވާތީ މާލެ ސިޓީ ކައުންސިލް 45،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ މާލެ ސިޓީ ކައުންސިލުން މާލެ އެދުރުހިޔާ ފްލެޓް އިރުމަތިން އޮންނަ ބިމަށް ކުނި އަޅާކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.
އީޕީއޭއިން އެމައްސަލަ ބަލާފައިވާ ކަމަށް އެއިދާރާއިން ބުނެއެވެ. އަދި މައްސަ ބެލިބެލުމުން އެއީ މާލޭގެ އެކި ސަރަހައްދުތަކަށް އަޅާފައި ހުންނަ ކުނި ކަމަށާއި ވެމްކޯ ބަންދު ގަޑިތަކުގައި އެތަނަށް ކުނި އަޅާކަން އެ އެޖެންސީއަށް އެނގިފައިވާ ކަމަށްވެސް އީޕީއޭ އިން ބުންޏެވެ.
އީޕީއޭއިން ބުނީ މާލެ ސިޓީ ކައުންސިލް 45،000 ރުފިޔާއިން ޖޫރިމަނާ ކޮށް 30 ދުވަހުގެ ތެރޭގައި އެފައިސާ ދެއްކުމަށް އަންގާފައިވާ ކަމަށެވެ
ތާރީހީ ދަތުރަށްފަހު "އާޓެމިސް 2"ގެ ބައިވެރިންގެ ތަޖުރިބާ
އީރާނުގެ ތެލުގެ 90 އިންސައްތަ ޗައިނާއިން ދަނީ ގަންނަމުން
ޔޫރޭނިއަމްއާ ގުޅުވައި ޓްރަމްޕް ހެދި ބޮޑު ދޮގަށް އީރާނުގެ ރައްދު
