ފުވައްމުލަކުގައި ސައިކަލުގައި ދިޔަ އަންހެނަކު ބުޅަލެއްގެ މައްޗަށް އެރި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
އުމުރުން 36 އަހަރުގެ އެ އަންހެން މީހާ ސައިކަލް ދުއްވީ އޭނާގެ ބާރަ ވަރަކަށް އަހަރުގެ ދަރިފުޅު ގޮވައިގެނެވެ.
ފުވައްމުލަކު ދަޑިމަގު އަވަށު ނައިބު ތުއްތު މަގުގައި ހިނގި އެ އެކްސިޑެންޓްގައި އެ އަންހެން މީހާގެ ދަރިފުޅަށް ވެސް އަނިޔާވި އެވެ. ނަމަވެސް އެހާ ސީރިއަސްއެއް ނޫނެވެ.
ފުވައްމުލަކު ހޮސްޕިޓަލްގެ އައިސީޔޫގައި އެ އަންހެން މީހާއަށް އަންނަނީ ފަރުވާދެމުންނެވެ. އަދި އިތުރު ފަރުވާއަށް އެ އަންހެން މީހާ މާލެ ގެނައުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ނަމަވެސް ހާލު ދެރަކަމުން ފްލައިޓްގައި ގެނެވޭ ގޮތެއް އަދި ނުވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ކުލަ ބަދަލުވާ ކުޅިތަކުގެ ސިއްރު: ޕްލިޓްވިސޭގެ ގުދުރަތީ ކުރެހުން!
ހަނދާނާއި މާޒީގެ ތެރެއިން އިންސާނާގެ ބުއްދި އޮޅުވާލާ އޮޅުވާލުން!
މާލެއިން ޓެކްސީއެއް ހޯދުން: ކުޑަ ވަރެއްގެ ހަނގުރާމައެއް!
