މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ މެޑޯނާގެ ސިއްހީ ހާލަތު ގޯސްވެ އައިސީޔޫގައި ފަރުވާ ދީފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި މެޑޯނާ ހޮސްޕިޓަލަށް ގެންދެވުނީ ބެކްރީރިއަލް އިންފެކްޝަންއެއްގެ ސަބަބުން ހާލަތު ގޯސްވެ ހަބަރު ހުސްވުމުންނެވެ.
އެގޮތުން އޭނާއަށް ސީރިއަސް ބައްޔެއް ކަމަށްވާ ނިއުމޯނިއާ ޖެހި ކުޑަކަމުދާ ނިޒާމަށް އޭގެ އަސަރު ކޮށްފައިވާ ކަމަށް ވެސް ބައައް ނޫސްތަކުން ބުނެފައިވެ އެވެ.
މެޑޯނާގެ ޓެލެންޓް މެނޭޖަރު ބުނީ ޖޫން މަހުގެ 24 ވަނަ ދުވަހު މެޑޯނާއަށް ބެކްޓީރިއަލް އިންފެކްޝަންއެއް ޖެހިފައިވާ ކަން އެނގުނު ކަމަށާއި ނަމަވެސް އައިސީޔޫގައި ފަރުވާ ދެވުނީ އޭގެ ފަހުން ކަމަށެވެ.
"މެޑޯނާގެ ސިއްހީ ހާލަތު އަންނަނީ ރަނގަޅު ވަމުން. އެހެން ނަމަވެސް އޭނާ އަދިވެސް ވަނީ ސިއްހީ ބެލުމުގެ ދަށުގައި" މެނޭޖަރު ބުންޏެވެ.
މިއާއެކު އޭނާގެ ކުރިއަށް އޮތް ސެލެބްރޭޝަން ވޯލްޑް ޓުއާ ވެސް ވަކި މުއްދަތެއް ނެތް ގޮތަށް ފަސް ކުރެވިފައިވާ ކަމަށް ވެސް މެނޭޖަރު ބުނެފައިވެ އެވެ.
އުމުރުން 64 އަހަރުގެ މެޑޯނާ ވަނީ ކަކުލަށް ލިބުނު އަނިޔާއަކާއެކު 2019 ވަނަ އަހަރު ވެސް އޭނާގެ ކޮންސެޓެއް ކެންސަލް ކޮށްފަ އެވެ.