ކާމިޔާބު އެކްޝަން ފިލްމު "ޕަތާން"އަށް ފަހު ބޮލީވުޑްގެ މަގުބޫލު ތަރި ޝާހުރުކް ޚާން މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ދެ ފިލްމުގެ މަސައްކަތްތައް ކުރަމުންނެވެ.
އެގޮތުން އަތުލީގެ "ޖަވާން" ނެރެން ތައްޔާރު ވެފައިވާއިރު ރާޖް ކުމާރު ހިރާނީގެ "ޑަންކީ" ވެސް މިއަހަރު ތެރޭގައި ނެރެން ވަނީ ހަމަޖެހިފަ އެވެ. މި ދެ ފިލްމަކީ ވެސް ޝާހުގެ ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީސް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ ދެ ފިލްމެވެ.
މި ދެ ފިލްމު ނެރެން އަދި ދުވަސްތަކެއް އޮތް ނަމަވެސް މިހާރު ވެސް އެ އުފެއްދުންތަކުން ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް ހަބަރުތައް އަންނަނީ ބުނަމުންނެވެ.
އެގޮތުން ދެ ފިލްމުގެ ވެސް ނޮން ތިއޭޓަރިކަލް ރައިޓްސް ބޮޑު އަގަކަށް ވިކިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޖަވާންގެ ރައިޓްސް 250 ކްރޯޑަށް ވިކުނުއިރު ޑަންކީގެ ރައިޓްސް ވިކިފައިވަނީ 230 ކްރޯޑަށެވެ.
ޖަވާންގެ ޝޫޓިން ނިމި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރެވެމުން އަންނައިރު ގިނަ ބަޔަކު އަންނަނީ އެ ފިލްމަށް އިންތިޒާރު ކުރަމުންނެވެ.
އަމީތާބަށްފަހު އެންމެ މަގުބޫލު ތަރިއަކީ އަހަރެން: ކަންގަނާ
އެމެރިކާއާއެކު އަލުން މަޝްވަރާކުރަން އަދި ނުނިންމަން: އީރާން
އިޒްރޭލަށް ރައްދު ދޭނެކަމުގެ އިންޒާރު ހިޒްބުﷲ އިން ދީފި