އިންޑިޔާގެ ޖަންމޫ ކަޝްމީރުގައި އޮތް ރަސްމިއްޔާތެއްގައި ގައުމީ ސަލާމް ކުޅުނު އިރު ނުތެދުވި ބަޔަކު ހައްޔަރުކޮށް ޖަލު ހުކުމެއް ކަނޑައަޅައިފި އެވެ.
ޖަންމޫ ކަޝްމީރުގެ ފުލުހުންގެ ފަރާތުން ވާހަކަ ދެއްކި އޮފިސަރަކާ ހަވާލާ ދީ ދަ ޓްރިބިއުންގައިވާ ގޮތުގައި ކަޝްމީރުގައި ޕޮލިހުން އިންތިޒާމުކުރި އިވެންޓެއް ނިންމުމުގެ ރަސްމިއްޔާތެއްގައި ގައުމީ ސަލާމަށް އިހުތިރާމް ކުޑަކުރުމުގެ ސަބަބުން 14 މީހަކު ހައްޔަރު ކުރި އެވެ.
ކަޝްމީރުގެ ސުލަހަޔަށް ގޮވާލައި ޒުވާނުންތަކެއް ބައިވެރިކޮށްގެން ފުލުހުން އިންތިޒާމު ކުރި ސައިކަލް ދުއްވުމުގެ ހަރަކާތެއްގެ ނިންމުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގައުމީ ސަލާމަތަށް ހުރުމަތްތެރިކޮށް ނުހިތައިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ފުލުހުން ވެސް ހިމެނޭ ކަމަށްވެ އެވެ. ފުލުހުންގެ މައިގަނޑު ކުށަކީ ގައުމީ ސަލާމް ކުޅެން ފެށުމުގެ ކުރިން އެންމެން ތެދުވިތޯ ނުބެލުމެވެ.
ފުލުހުންގެ ފަރާތުން ވާހަކަ ދެއްކި އޮފިސަރަކު ފަހުން ބުނި ގޮތުގައި 14 މީހުން ހައްޔަކުރި ކަމަށް ވިޔަސް އޭގެ ތެރެއިން ޖަލަށް ދާން ޖެހޭނެ ކަމަށް ސޮއިކުރުވީ 12 މީހަކު ލައްވަ އެވެ.
އިންޑިޔާގެ ގާނޫނު ބުނާ ގޮތުން ގައުމީ ސަލާމަތަށް އިހުތިރާމް ކުޑަކުރާ މީހުން ހައްޔަރު ކުރުމާއި ޖަލަށްލުން ފަދަ އަދަބު ދިނުމުގެ ބާރު ފުލުހުންނަށް އޮވެ އެވެ.
 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކަނޑަނީ
			އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކަނޑަނީ
		 ސަރުކާރުން ހުށަހެޅި ބަޖެޓަކީ އިގްތިސާދީ އަސާސްތަކާ ދުރު ބަޖެޓެއް
			ސަރުކާރުން ހުށަހެޅި ބަޖެޓަކީ އިގްތިސާދީ އަސާސްތަކާ ދުރު ބަޖެޓެއް
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					