ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްލަ 604 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިއަހަރު ބައްވާ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ 2023 ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، ރާއްޖެ އާއި ރާއްޖޭން ބޭރުގައި 604 ވޯޓުފޮށި ބަހައްޓާގޮތަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ:

މާލޭ ސިޓީ ރައްޔިތުންނަށް 61

މާލޭ ސިޓީގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 77

ހުޅުމާލެ ފޭސް 1 މާލޭސިޓީ ރައްޔިތުންނަށް 6

ހުޅުމާލެ ފޭސް 1 އަތޮޅުތަކުގެ ރައްޔިތުންނަށް 16

ހުޅުމާލެ ފޭސް 2 މާލޭސިޓީ ރައްޔިތުންނަށް 1

ހުޅުމާލެ ފޭސް 2 އަތޮޅުތަކުގެ ރައްޔިތުންނަށް 16

ވިލިމާލެ، މާލޭސިޓީ ރައްޔިތުންނަށް 6

ވިލިމާލެ، އަތޮޅުތަކުގެ ރައްޔިތުންނަށް 4

އަތޮޅުތަކުގައި 319

ރިސޯޓުތަކުގައި 78

މާފުށީ ޖަލުގައި 2

އައްސޭރި ޖަލުގައި 1

ހުޅުމާލެ ޖަލުގައި 1

ދޫނިދޫގައި 1

ހުޅުލޭގައި 1

ތިލަފުށީގައި 1

އިންޑިޔާގެ ޓްރިވެންޑްރަމްގައި 1

އިންޑިޔާގެ ނިވްދިއްލާގައި 1

މެލޭޝިޔާ ކުއަލަލަމްޕޫރުގައި 2

ސިންގަޕޫރުގައި 1

ސްރީލަންކާ ކޮލަމްބޯ ގައި 4

އިނގިރޭސި ވިލާތް ލަންޑަން ގައި 1

ތައިލެންޑް ބެންކޮކް ގައި 1

އެކުވެރި ޢަރަބި ޢިމާރާތް އަބޫދާބީގައި 1

ޖަޕާން ޓޯކިޔޯ ގައި 1

ހަބީބު ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ފަހު، ވޯޓުފޮށިތަކުގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި، ތަންތަނުގެ ތަފްސީލް އީސީ އިން އިޢުލާން ކުރާނެ ކަމަސްވެސް ހަބީބު ވިދާޅުވި އެވެ.