މޯލްޑިވިއަން އިން އޭޓީއާރު މަރުކާގެ އިތުރު ފަސް މަތިންދާބޯޓު ގެންނަން ނިންމައި އެ ބޯޓުތައް ގަންނަން ފައިސާ ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އޭޓީއާރު 42-600 މަރުކާގެ ދެ ބޯޓު އެކުންފުނިން ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގިތްވާ ގޮތުގެ މަތިން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އޭޓީއާރު ކުންފުންޏާ އެކު 42-600 މަރުކާގެ ދެ ބޯޓު ގަތުމަށް އޯޑަރު ކޮންފަމޭޝަންގެ އެންމެ ފަހު މަރުހަލާގައިވާ ކަމަށްވެސް މޯލްޑިވިއަން އިން ބުނެ އެވެ.
މޯލްޑިވިއަންއަށް ގަންނަ އޭޓީއާރު މަރުކާގެ އާ ދެ އެއާކްރާފްޓް ފައިނޭންސް ލީސް ކޮށްދޭން ބޭނުންވާ ފަރާތްތަކުން މި މަހުގެ 18ގެ ކުރިން މައުލޫމާތު ސާފުކުރުމަށް ފަހު 22ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މިދިޔަ އޭޕްރީލު މަހު ވެސް ވަނީ މޯލްޑިވިއަން އިން އޭޓީއާރު މަރުކާގެ އިތުރު ފަސް މަތިންދާބޯޓު ގެންނަން ނިންމައި އެ ބޯޓުތައް ކުއްޔަށް ދޭނެ ފަރާތްތެއް ހޯދުމަށް އިއުލާނުކޮށްފަ އެވެ.
އީރާނުގެ މުޒާހަރާ ތެރެއަށް އެމެރިކާއިން ވަދެ ހަމަނުޖެހުން ހިންގި
އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
ބީއެލްއެލްގެ އަގުހެޔޮ ފްލެޓުތައް 2028 ގައި ދޫކުރާނެ