އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަގާމު ކަމުގައިވާ ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފްގެ މަގާމަށް ކޮމާންޑް ސާޖަންޓް މޭޖާ އަދުނާން ޢަލީ ހަމަޖައްސަވައިފި އެވެ.
ބަންޑާރަކޮށީގައި މިއަދު މެންދުރުފަހު ބޭއްވި ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފްގެ މަގާމުގެ ޒިންމާ ބަދަލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ މަގާމު ހަވާލުކުރިކަމުގެ ލިޔުން ކޮމާންޑް ސާޖަންޓް މޭޖަ އަދުނާން އަލީއަށް ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ އެވެ.
ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފްގެ މަގާމުގެ ޒިންމާ ބަދަލުކުރުމުގެ ގޮތުން ދެވޭ ސިލޭހަ ހަވާލުކުރައްވާފައި ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަހީމް އަބްދުއްލަތީފެވެ.
މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ޒޫމް މެދުވެރިކޮށް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފަ އެވެ. ޝަމާލަށް ކޮވިޑް ޖެހިގެން މިވަގުތު ހުންނެވީ ހޯމް ކަރަންޓީނުގަ އެވެ.
ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފްގެ މަގާމުގެ ޒިންމާ ކުރިން އަދާކުރެއްވި ސާޖަންޓް މޭޖާ އަހުމަދު އަބްދުﷲ އަށް ޚިދުމަތުގެ އައްޑަނަ ވަނީ ހަވާލުކޮށްފަ އެވެ. މި ރަސްމިއްޔާތުގައި ޚިދުމަތުގެ އައްޑަނަ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަޙީމެވެ.
މި ރަސްމިއްޔާތުގައި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުން އަދި އެންލިސްޓެޑް ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެމެރިކާއިން އީރާނުގައި ހިންގި މިޝަންއަކަށް ހޮލީވުޑް ފިލްމެއް!
ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ޒުވާނުންނަށް ލޯނެއް
ސިޔާސީ ކަންކަމުގައި ހަނު ހުންނާތީ "ދަ ރޮކް"އަށް ފާޑު ކިޔަނީ!