ދަ ޑިމޮކްރެޓްސްގެ ދާއިމީ މަގާމުތަކަށް މީހުން އިންތިހާބު ކުރެވެންދެން، އިންތިގާލީ މަރުހަލާގައި އެ ޕާޓީ ހިންގާނެ ކޮމިޓީތަކެއް ހެދުމަށް ޕާޓީގެ އިންތިގާލީ ކައުންސިލުން ފާސްކޮށްފި އެވެ.

ޑިމޮކްރެޓްސްގެ ވަގުތީ ކޮމެޓީތައް ހިންގާނެ މެމްބަރުން އިންތިހާބު ކޮށްފައި ވަނީ ރޭ ބޭއްވި އިންޓެރިމް ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގަ އެވެ. އިންޓެރިމް ކައުންސިލަށް ޕާޓީގެ މުއައްސިސް ކަނޑައަޅާ 12 މެމްބަރުންނާއި އިންޓެރިމް ކައުންސިލްއަށް 8 މެމްބަރުން ނަގާފައިވެ އެވެ. އިންޓެރިމް މުއްދަތުގައި ޕާޓީގެ ނަމުގައި މާލީ މުއާމަލާތްތައް ކުރުމަށް ބޭނުންވާ ލިޔެކިޔުންތަކުގައި ސޮއި ކުރާނެ ފަސް މެމްބަރުންގެ ކޮމެޓީއެއް ވެސް ވަނީ ނަގާފަ އެވެ.

މާލީ މުއާމަލާތްތަކުގެ ކޮމިޓީއަށް ނަގާފައި ވަނީ އަހުމަދު ޝާހިދު، އަހުމަދު މައުސޫމް،އިސްމާއިލް ޝަފީގު، މަރިޔަމް ޖެނިފާ މުސްތަފާ، މުހައްމަދު ޝާޒު، އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އިން ވާދަ ކުރާން ނިންމާފައިވާއިރު، ރިޔާސީ އިންތިހާބަށް އެޕާޓީގެ ޕާޓީން ހުށަހަޅާ މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް ކުރުމަށް އެކުލަވާލި ކޮމިޓީގައި ހިމެނެނީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އާއި ހުސައިން އަމްރު އެވެ.

އެކިއެކި އިންތިހާބުތަކުގައި ޕާޓީގެ ފަރާތުން ޕްރައިމަރީ ބާއްވާ ހިންގަން ތިން މެމްބަރުންގެ އިންތިހާބާ ބެހޭ ކޮމެޓީ އަށް ނަގާފައިވެ އެވެ. އެއީ: މުހައްމަދު އިބްރާހިމް މަނިކު އާއި ހުސެއިން ރަޝީދު އަދި .އައިޝަތު ޝާޒްލީ އެވެ.

ޑިމޮކްރެޓްސް އިން ވެސް އަންނަ ރިޔާސި އިންތިހާބުގައި ވާދަ ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޑީމޮކްރެޓްސް އަށް ނމިދިޔަ ބުރާސްފަތި ދުވަހު ސޮއިކޮށްފަ އެވެ.