ރާއްޖެ ޓްރާންސްޕޯޓު ލިންކު އާރުޓީއެލް އިން ބޭނުން ކުރާ އެޕްލިކޭޝަންގައި އެއްވެސް ކަސްޓަމަރެއްގެ ބޭންކު ކާޑުގެ މައުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނެގޭފަދަ މައުލޫމާތެއް، ރައްކާކޮށްފައި ނުހުންނާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ އަލަށް ފަށައިގެން އުޅޭ ހިދުމަތެއް ކަމުން ރަނގަޅު ކުރަން ކަންކަން ހުންނާނެ ކަމަށެވެ. އެގޮތުން އާރުޓީއެލް އެޕްގައި މައްސަލައެއް އުޅޭ ކަމުގެ މައުލޫމާތު މިމަހު ކުރީކޮޅު ލިބުމުން އެ މައްސަލަ ބެލުމަށްފަހު މިހާރު އެކަން ހައްލުކޮށްފައިވާ ކަމަށެވެ. އަދި ސިސްޓަމް ސެކިޔުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތްތައްވެސްމިހާރު އަންނަނީ ކުރަމުން ކަމަށް އެމްޓީސީސީން ބުނެ އެވެ.
"އެއްވެސް ކަސްޓަމަރެއްގެ ބޭންކު ކާޑުގެ މަޢުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނެގޭފަދަ މަޢުލޫމާތެއް އެ ކުންފުނީގެ ސިސްޓަމްތަކުގައި ރައްކާކުރެވިފައި ނުހުންނާނެކަމުގެ ޔަގީންކަން ދެން،" އެމްޓީސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޓީސީސީން ބުނީ ކަސްޓަމަރުންގެ ބޭންކިން މަޢުލޫމާތުތައް ބަހައްޓަނީ ރައްކާތެރިކަމާއެކު ސެކުއާ ޕޭމަންޓްއެއް ހަދަން ބޭނުންވާ މިންވަރަށް އެކަނި ކަމަށެވެ. އާރްޓީއެލް ސިސްޓަމްގައި ބޭންކު ކާޑު ބޭނުންކުރެވޭނީ ޕާޓްނަރިން ބޭންކުގެ ސެކިޔުރިޓީ ސްޓޭންޑާޑްތަކާއި އެއްގޮތަށް ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.
އާރްޓީއެލް ސިސްޓަމްގައި ކާޑު ޓްރާންސެކްޝަން ހެދުމަށް ބޭނުންކުރާ ޑިޖިޓަލް އާލަތްތަކަކީ ބައިނަލްއަގްވާމީ ޕޭމަންޓް ކާޑު އިންޑަސްޓްރީގެ ސްޓޭންޑަޑްއަށް ސާޓިފައި ކޮށްފައިވާ ވަސީލަތްތަކެއް ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
ތާރީހީ ދަތުރަށްފަހު "އާޓެމިސް 2"ގެ ބައިވެރިންގެ ތަޖުރިބާ
"ބޫތު ބަންގްލާ": ހެއްވާ މަޖާ އަދި ބިރުވެރި މަސްހުނިގަނޑެއް!
އިތުރަށް މަސައްކަތް ކުރާކަށް ބޭނުމެއް ނޫން: އެލެކް
