ދަ ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބަށް ކެމްޕެއިން ފެށުމާއި އެޕާޓީގެ ސިޔާސަތުތައް އިފްތިތާހު ކުރުމަށް ރަށްރަށަށް ދަތުރުތައް ފަށައިފި އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބައްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އިންވެސް ކެންޑިޑޭޓަކު ނެރި ވާދަ ކުރާނެ ކަމާށް އެޕާޓީން ވަނީ ބުނެފަ އެވެ.
ޑިމޮކްރެޓްސްގެ މެނިފެސްޓޯ ލޯންޗުކުރުމަށް މިއަދު 36 ހަ ރަށަކަށް ދަތުރު ކުރާގޮތަށް ވަނީ ހަމަ ޖެހިފަ އެވެ. އަދި މިއަދާއި މާދަމާ ޖުމްލަ 50 އަށް ވުރެ ގިނަ ރަށަށް ފެނިފެސްޓޯ އިފްތިތާހް ކުރަން ދާނެ ކަމަށް އެޕާޓީން ބުނެއެވެ. ޑިމޮކްރެޓްސްގެ މެނިފެސްޓޯ ލޯންޗު ކުރުމަށް ދަތުރު ކުރަނީ ޓީމުތަކަށް ބަހާލައިގެންނެވެ. މިއަދު ލޯންޗު ކުރަނީ މެނިފެސްޓޯގައި ހިމެނޭ "ފަސޭހަ ވިޔަފާރި" ސިޔާސަތެވެ.
މިދަތުރު ތަކުގައި އިސްކޮށް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެމަނިކުފާނު މިހާރުވެސް ހުންނެވީ ބ.އަތޮޅުގަ އެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އިން ވެސް ކެންޑިޑޭޓެއް ނެރޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެޕާޓީން އަދި ރިޔާސީ ކެންޑިޑޭޓެއް ނުދައްކަ އެވެ. މިހަފްތާތެރޭ އެޕާޓީގެ ޕްރައިމަރީ އަށް ހުޅުވާލާނެ ކަމާށް ވަނީ ބުނެފަ އެވެ.
އިށީނދެ އިންނައިރު ބުރަކަށީގެ ރިހުން ކުޑަ ކުރެވޭނެ ދެތިން ގޮތެއް!
ރެފްރީންގެ ނަޒާހަތްތެރިކަމާމެދު ސުވާލު ނުއުފެއްދޭނެ: ކޮލީނާ
މާލޭގެ އިތުރު ދެ ތަނެއްގައި އަލިފާން ރޯވެއްޖެ
