އާޓިފިޝަލް އިންޓަލިޖެންސްއިން ފިލްމީ ދާއިރާގެ މަސައްކަތްތަކަށް އަތްގަދަ ކުރަމުން ދާތީ ހޮލީވުޑްގެ އެކްޓަރުންނާއި ލިޔުންތެރިން ހަޅުތާލު ކުރަން ފަށައިފި އެވެ.
އެގޮތުން ހޮލީވުޑްގެ ލިޔުންތެރިންގެ ޖަމިއްޔާއިންނާއި އެކްޓަރުންގެ ޖަމިއްޔާއިން ދަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ހަޅުތާލު ކުރަމުންނެވެ.
އެ ޖަމިއްޔާތަކުން ބުނާ ގޮތުގައި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކޮށްގެން ފިލްމުތަކުގެ ސްކްރިޕްޓްތައް ލިޔެ ބެކްގްރައުންޑް އެކްޓަރުންގެ ގޮތުގައި ރޮބޮޓުތައް ބޭނުން ކުރަން ނިންމާފައިވާއިރު މިއީ އެ ފަރާތްތަކުގެ ވަޒީފާ ގެއްލޭ ކަމެކެވެ.
އެކްޓަރުންނާއި ލިޔުންތެރިންގެ ހަޅުތާލާއެކު ހޮލީވުޑް ޕްރޮޖެކްޓްތަކުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާއިރު މިކަމަށް ހައްލެއް ގެނެވޭނެ ދުވަހެއް އަދި ނޭނގެ އެވެ.
ހަޅުތާލުގެ ބައިވެރިން ބޭނުންވަނީ ހޮލީވުޑްގެ އެލައަންސް އޮފް މޯޝަން މިކްޗާސް އެންޑް ޓެލެވިޒަން ޕްރޮޑިއުސާސްއާއެކު ދެފަރާތަށް ހަމަހަމަ އެއްބަސްވުމަކަށް އަންނާށެވެ.
އެގޮތުން ހޮލީވުޑްގައި މަސައްކަތްކުރާ ފަރާތްތަކަށް ރަނގަޅު އާމްދަނީއެއް ހޯދައިދިނުމާއި ދާއިރާގައި އާޓިފިޝަލް އިންޓަލިޖެންސްގެ ރޯލު ކުޑަ ކުރަން ބައިވެރިން ދަނީ ޑިމާންޑް ކުރަމުންނެވެ.
ޔޫއޭއީގެ ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއެއްގައި މީހަކު މަރުވެއްޖެ
ޝައިޚް ޙަމަދުގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ރައީސް ގަތަރަށް
މިއަހަރު ސަލްމާންގެ އެއްވެސް ފިލްމެއް ނުފެނިދާނެ!