ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ކައިރީ އާބަންކޯ އިން ހެދި ޕާކް މިއަދު ހުޅުވައިފި އެވެ.
އެ ޕާކް ހެދީ ހިޔާ ފްލެޓްގެ އެޗް5 އިން އެޗް15 އާ ދެމެދު އޮތް ހުސްބިމުގަ އެވެ. އެ ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ އިސްވެރިންނާއި ފްލެޓްތަކުގައި ދިރިއުޅޭ މީހުން ވެސް ބައިވެރިވި އެވެ.
އެ ޕާކްގައި އިށީނދެ އިނދެވޭނެ ތަންތަން ހަދާފައިވެ އެވެ. އެ ޕާކްގެ ވަށައިގެން އެކި ވައްތަރުގެ ގަސްތައް ވެސް ވަނީ އިންދާފަ އެވެ.
ހިޔާ ފްލެޓް ތަކަކީ ރާއްޖޭގައި މިހާތަނަށް އެންމެ އުސްކޮށް އިމާރާތްކޮށްފައިވާ ތަންތަން ކަމުން ކޮންމެ ޓަވަރެއްގައި ވެސް ގިނަ އަދަދެއްގެ މީހުން ދިރިއުޅެ އެވެ. އާއިލާއާ އެކު ހިއްފަސޭހަކޮށްލަން މަޑުކޮށްލާނެ ޕާކެއް ނެތުމަކީ އެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. ނަމަވެސް މިއަދު މިވަނީ އެކަން ހަގީގަތަކަށް ވެފަ އެވެ.

އެންމެ ގިނައިރު ރޯދައަށް ހުންނަން ޖެހެނީ ކޮން ގައުމެއްގައި؟
މަސައްކަތް މި ކުރަނީ ރައްޔިތުނާ ގާތުން ހިދުމަތް ކުރުމަށް: ރައީސް
ފިލްމް ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ
