ރ. ދުވާފަރު ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު ތިން މީހަކަށް ފަރުވާދެމުން އެބަދެ އެވެ.
ދުވާފަރު ކައުންސިލް މެމްބަރަކު ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު އެރަށުގައި ހުއިފިލަނޑާ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ދޯންޏެއްގައި ކަމަށެވެ.
އެ ހާދިސާ ހިނގަން މެދުވެރިވީ ދޯނި ސާފު ކުރުމުގެ ތެރޭގައި ބޭނުންކުރި ކެމިކަލްތަކެއްގެ ސަބަބުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ހާދިސާގައި ފިހުރު މީހުންނަށް ފުރަތަމަ ފަރުވާ ދިނީ ދުވާފަރު ސިއްހީ މަރުކަޒުގަ އެވެ. މިހާރު ފަރުވާދެމުން ދަނީ އުނގޫފާރު ރީޖިނަލް ހޮސްޕިޓަލްގަ އެވެ.
ފިހިފައި ވަނީ އެ ރަށު ދެ މީހަކާއި އެ ދޯނީގައި މަސައްކަތް ކުރާ އެހެން ރަށެއްގެ މީހަކު ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.
ސަމާލުވޭ! ނޭނގި ހުރެ ވެސް ހަށިގަނޑުން ފެން މަދު ވެދާނެ!
އިންޑޮނޭޝިއާގެ ސުމަތުރާއަށްވެސް އިތުރު ބާރުގަދަ ބިންހެލުމެއް
ބަނޑަށް 8 މަހުގައި ވެސް ދީޕިކާ ފިލްމީ މަސައްކަތްތަކުގައި!
