ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަން (ފާތިމާ މަނިކެ) ސްރީ ލަންކާގައި އަވަހާރަވެއްޖެ އެވެ.
އުމުރުފުޅުން 86 އަހަރުފުޅުގައި ފާތިމަތު ހަސަން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ.
ޔާމީންގެ މަންމާފުޅު ދިރިއުޅުއްވަމުން ގެންދެވީ ލަންކާގަ އެވެ.
ޔާމީން ހިމެނޭ ގޮތުން ފާތިމަތު ހަސަންގެ ފަސް ބޭފުޅުން ތިއްބަވަ އެވެ.
ފާތިމަތު ހަސަން އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮންމަންމާފުޅު ވެސް މެ އެވެ.
ޔާމީންގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ޔާމީނަށް ތާއީދު ކުރައްވާ ފަރާތްތަކުން ގެންދަވަނީ ޔާމީން އާއި އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.
ރޭގަނޑުގެ އަރާމު ނިންޖަކަށް ކޮފީ ބުއިން ހުއްޓާލަންވީ ކޮން އިރަކު؟
އެމްޑީޕީގެ އެތެރޭގެ އިންތިހާބު: ފިޔޯރީ ވޯޓު ފޮށި ހަލާކުކޮށްލައިފި
ކޮންމެ ނަތީޖާއެއް ނުކުތަސް ހުންނާނީ ޕާޓީއާއެކު: ސޯލިހު