ކޭބަލްތަކެއް ބުރިވެގެން މުޅި ފުވައްމުލަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ބުނިގޮތުގައި އެރަށުން ކަރަންޓު ކެނޑުނީ މިއަދު މެންދުރު 1:30 ހާއިރު ކަމަށެވެ. މެންދުރު ކަރަންޓު ކެނޑުނުގޮތަށް އަދިވެސް ކަރަންޓެއް ނުލިބެ އެވެ.
ކަރަންޓު ކަނޑައިގެން ގޮސްފައި ވަނީ އެރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ބިމުގެ އަޑީގައި ވަޅުލާފައި ހުރި ކޭބަލެއް ބުރިވެގެން ނުވަތަ ކޭބަލަކަށް ގެއްލުން ލިބިގެން ކަމަށް ކައުންސިލުން ބުނެ އެވެ.
ކަރަންޓު ކެނޑުނީ ކަރަންޓު ޝޯޓެއްވެގެން ކަމަށްވާތީ އެކަން ހައްލުކުރުމަށް ފުވައްމުލަށް ފެނަކަ ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.
ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއާއި ނަރުދަމާ އެޅުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
އީރާނުން "ގޯސްކޮށް" އުޅޭނަމަ ބޮން އަޅާނަން: ޓްރަމްޕް
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
ދިރާގު ފޯރި ލަކީޑްރޯގައި 65 އިންޗީގެ ސްމާޓް ޓީވީއެއް
