ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައި ޖަވާބުދާރީވާން އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްފި އެވެ.
ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ރޭ ފަތިހު އެވެ.
ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އިލެކްޝަންސް ކޮމިޝަނުން އެމައްސަލާގައި މަދަމާ ޖަވާބު ދާރީ ވުމަށެވެ.
ރައީސް ޔާމީންގެ ފޯމު އީސީ އިން ބަލައިނުގަތް ސަބަބަކީ އެ ކޮމިޝަނުން ބުނިގޮތުގައި، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އެ މަނިކުފާނުގެ މައްޗަށް އައިސްފައި ވުމެވެ. ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށް، އެ ކޮމިޝަނުން ނިންމީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ރައީސް ޔާމީންގެ މައްޗަށް އައިސްފައި ވުމާ އެކު، ރައީސް ޔާމީން އެ ހުކުމް ތަންފީޒުކޮށް، ނިމިފައި ނުވާ ކަން އެ މަނިކުފާނު ހުށަހަޅުއްވާފައިވާ ކުށުގެ ރެކޯޑަށް ބެލުމުން އެނގޭ ކަމަށެވެ.
ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލަ ނިންމަން އެކޯޓަށް ހަތް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު ހުޅުވާލާފަ އެވެ. އެ ފުރުސަތު ހަމަވާނީ މިމަހުގެ 7 ވަނަ ދުވަހާ ހަމަ އަށެވެ.
ކުޑަކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ބަލަނީ
ސަރުކާރު ޓެކްސީން އަގު ނަގަން ފަށައިފި
"އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި

ބެރަތަޅަން ފެށީ