އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޝަރުތުހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މިމަހުގެ 9 ވަނަ ދުވަހަށް ހަމަޖައްސައިފި އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ މިމަހުގެ 7 ވަނަ ދުވަހާއި ހަމައަށް ހުޅުވާލައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކާ ގުރުއަތުލުން ބޭއްވުމާށް ހަމަޖެހިފައި ވަނީ 9 އޮގަސްޓުވާ ބުދަ ދުވަހުގެ ހަވީރު 4:30 އިން 5:30 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ. ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލުމުގައި ކެންޑީޑޭޓުންނަށް ބައިވެރިނުވެވޭހާލަތުގައި ކެންޑިޑޭޓުންގެ މަންދޫބަކު ބައިވެރިކުރެވިދާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އެކޮމިޝަނުން ބުނީ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލުމާ ބެހޭ އިތުރު ތަފްސީލުތައް އެކޮމިޝަނުން ކެންޑިޑޭޓުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް އިލެކްޝަންސް އަށް ފޯމު ހުށަހަޅަފައި ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އެކަންޏެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް މިއަދު އިލެކްޝަންސް ކޮމިޝަނަށް ނަންތައް ހުށަހަޅުއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.