ކޮވިޑް ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް މާދަމާ ހުޅުވާލަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ވެކްސިން ޖެހުމަށް އެންމެ ފުރަތަމަ ނިންމާފައި ވަނީ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ކެއާ ވޯކަރުންނަށް ކަމަށެވެ.
ވެކްސިން ޖެހުމަށް ރެޖިސްޓްރީ ކުރަން ހާއްސަ ޕޯޓަލެއް މިހާރު ވަނީ ގާއިމްކޮށްފަ އެވެ. my.health.mv މެދުވެރިކޮށް ވެކްސިން ޖެހުމަށް މާދަމާ އިން ފެށިގެން ރެޖިސްޓާ ވެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ވެކްސިނާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ކޮވިޑް ކޮންޓްރޯލު ކުރުމަށް ވެކްސިނަކީ މުހިއްމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށެވެ. އެހެންކަމުން ވެކްސިން ޖެހުމަށް ޑޮކްޓަރު ބާރުއެޅުއްވި އެވެ.
ކޮވިޑް ނައްތާލުމަށް އޮތް އެންމެ ބޮޑު ހަތިޔާރަކީ ވެކްސިން ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވި އެވެ.
ރާއްޖެއަށް މި މަހުގެ ފަހުކޮޅު ވެކްސިން ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.
ވެކްސިން ޖެހުމަށް ސިއްހީ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް އެޗްޕީއޭ އިން މިހާރު އަންނަނީ ކުރަމުންނެވެ.
ތަފްސީލް އަންނަނީ....