މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އިންތިހާބުގައި ވާދަ ނުކުރައްވާނެ ނިންމަވައިފި އެވެ.
ރިޔާސީ އިންތިހާބަށް ވާދަ ކުރައްވާނެކަން ޑރ މުނައްވަރު އިއުލާން ކުރެއްވީ ޗާގޯސް މައްސަލާގައި އިދިކޮޅު ފަރާތްތަކާއެކު މީގެ ކުރިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގަ އެވެ.
މުނައްވަރު މިއަދު ވިދާޅުވެފައި ވަނީ އިންތިހާބުގައި ވާދަ ނުކުރަން ނިންމާފައިވާ ކަމަށާ އެކަމުގައި އެހީތެރި ބެދި ސޮއި ހަމަކޮށްދެއްވުމަށް މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މީގެ ކުރިން ވެސް މުނައްވަރު އިންތިހާބުގައި ވާދަ ކުރުމަށް މަސައްކަތް ކުރެއްވި ނަމަވެސް އިންތިހާބަށް ކުރިމައްޗެއް ނުލައްވަ އެވެ.
ޓްރަމްޕްގެ ތުހުމަތުތަކުން އެމެރިކާއާއި ޗައިނާގެ ގުޅުން ގޯސްވެދާނެ
އުމުރުން 30ގެ އަހަރުތަކުގައި ސްޓްރޯކްގެ ނުރައްކާ؟
"ދަ ބެޓްމޭން 2" އަނެއްކާ ވެސް ފަސްކޮށްފި
