ބިއޯންޑް އެއާ ލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ފުރަތަމަ ޓެސްޓް ފްލައިޓް މިމަހުގެ 14 ވަނަ ދުވަހު ބާއްވާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.
ބިއޯންޑް އެއާލައިންއަކީ ރާއްޖޭގެ ސިމްޑީ ގުރޫޕާއި ޔޫއޭއީގެ އެރާބިކްސް ކުންފުނިން އުފެއްދި އެއާލައިނެކެވެ.
ބިއޯންޑްގެ ފުރަތަމަ ބޯޓު، އެއާބަސް އޭ 319 މަރުކާގެ ފްލައިޓް މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ.
ސިމްޑީ އިން ބުނެފައި ވަނީ ޓެސްޓް ފްލައިޓް މިމަހުގެ 14 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ. އަދި ޓެސްޓް ފްލައިޓް ބާއްވާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.
ސިމްޑީ އިން ބުނެފައި ވަނީ މިއަހަރުގެ ފަހުކޮޅު އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާނެ ކަމަށެވެ. އަދި ދަތުރުތައް ފެށުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތައް ވެސް ވަމުން އަންނަ ކަމަށް ސިމްޑީ އިން ބުނެ އެވެ.
ދުނިޔޭގެ 60 މަންޒިލަކަށް އުދުހުމަށް އަމާޒު ހިފާފައިވާ ކަމަށް ސިމްޑީ ކުންފުނިން ބުނެ އެވެ. އޭގެ ތެރޭގައި، ފްރާންސްގެ ޕެރިސް، އޮސްޓްރިއާގެ ވިއެނާ، އިޓަލީގެ މިލާން، ޔޫއޭއީގެ ދުބާއީ، ހޮންގް ކޮންގް، ޓައިވާންގެ ޓައިޕޭ އަދި ސިންގަޕޫރު ހިމެނެ އެވެ.
ކްރައުން އެންޑް ޗަމްޕާގެ ރިސޯޓްތަކުގައި މުސާރަ ޑޮލަރުން ދެނީ
މަސްއޫދުގެ ވާހަތަކާ ގުޅޭގޮތުން ހަލީލްއާ ސުވާލުކުރަނީ
ވެމްކޯ އިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް

މިހާރު ކުރިމަތިލާފަތިބަމީހުން ރަގަޅެއްނޫން މުޅިންވެސް އަމިއްލަ އެދުމާއިގެން އުޅެނީ އެކަކއްވެސް ތާއީދެއް މަގޭފަރާތުން ނެއް