ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޕީޕީއެމް އިން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފި އެވެ.
ވަހީދު ޖޭޕީ އަށް ސޮއި ކުރެއްވީ މިހާރު އދ. މާމިގިލީގައި ކުރިއަށްދާ ޖަލްސާގަ އެވެ.
ޑރ. ވަހީދު ޕީޕީއެމް އިއްޔެ ވަކިވެވަޑައިގަތީ އެޕާޓީގައި 10އަހަރު ހިދުމަތް ކުރެއްވުމަށްފަހު އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމް އިން ކެންޑިޑޭޓެއް ނުނެރި ޕީއެންސީން ކެންޑިޑޭޓެއް ނެރުމުން އެކަމާ ޑރ. ވަހީދު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.
ޑރ. ވަހީދު ޖޭޕީއާ ގުޅެން ނިންމިއިރު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ މިދިޔަ ހޯމަ ދުވަހު ޑރ. ވަހީދާ ބައްދަލުކުރައްވާފަ އެވެ.
ޑރ. ވާހީދާއެކު ބޭއްވެވި ބައްދަލުކުރެއްވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭގޮތުން ބޭއްވެވި ބައްދަލުވުމެކެވެ.
ހޮރްމޫޒް ކަނޑުއޮޅި އަނެއްކާ ވެސް އީރާނުން ބަންދުކޮށްފި
ޕީއެންސީއަށް 3 ގޮނޑި، 2 ގޮނޑި އެމްޑީޕީ އާއި އަމިއްލަ ކެންޑިޑޭޓް
"އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި
