ކުޅިކޮށް ކެއުމަކީ ދުނިޔޭގެ ގިނަ ބަޔަކު ވަރަށް ލޯބިކުރާ ކަމެކެވެ. އެގޮތުން ރާއްޖޭގެ ކެއްކުމާއި ކެއުމުގައި ވެސް މިރުހުގެ ދައުރަކީ އެއަށް ބަދަލެއް ގެނެވެން ނެތް ދައުރެކެވެ.
ކުޅިކޮށް ކެއުމަކީ ގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތަށް ނަމަ ހަށިގަނޑަށް ވަރަށް ގެއްލުންހުރި ކަމެކެވެ. ނަމަވެސް މިއީ މުޅިން ރަނގަޅު ވާހަކައެއް ނޫނެވެ. ކުޅިކޮށް ކެއުމުން ލިބޭ ފައިދާތައް އިންތިހާއަށް ގިނަކަން ފާހަގަކޮށްލަން ޖެހެ އެވެ.
ކުޅިކޮށް ކެއުމަކީ މީހާގެ ބަރުދަން ލުއިކޮށްދޭކަމެއްކަމަށް ތަޖުރިބާކާރުން ބުނާއިރު އެފަދަ ފަރާތްތަކުން އެހެން ބުނާ ސަބަބުތަކެއްވެސް އެބަހުއްޓެވެ. ކުޅިކޮށް ކެއުމުން މީހާގެ މެޓަބޮލިޒަމް އަށް ގުނަ އިތުރު ކޮށްދެ އެވެ.
މިއާއެކު މިރުހަކީ ކެންސަރާއި ދުރުކޮށްދޭ އެކި އެކި މާއްދާތައް ހިމެނިގެންވާ އެއްޗެއްކަން ދިރާސާތަކުން ވަނީ ދައްކައިފައެވެ. މިގޮތުން ރީނދުލުގައި ކާރކިއުމިން ނަމަކަށް ކިޔާ މާއްދާއެއް ހިމެނޭކަމަށް ސައިންސްވެރިން ބުނެފައިވާއިރު މި މާއްދާއަކީ އެންޓި ކެންސާރ ނުވަތަ ކެންސަރާއި މީހާ ދުރުކޮށްދޭ މާއްދާއެއްކަމަށް ވަނީ ހޯދުންތަކުން ފެނިފައެވެ.
ހިތުގެ ބަލި އަދި ކޮލެސްޓްރޯލްއާއި ދުރުކޮށްދޭ މާއްދާއެއް ކަމުގައިވާ ކެޕްސައިސިން ގިތެޔޮ މިރުހާއި ރަތް މިރުހުގައި ހިމެނޭއިރު ރަތް އަދި ފެހި މިރުހުގައި މުހިއްމު ގިނަ މިނަރަލްތަކަކާއި ގިނަ އަދަދަކަށް ވިޓަމިން ސީ ހިމެނޭކަމަށްވެސް ވަނީ ތަހުލީލުތަކުން ދައްކާފަ އެވެ.
މިހުރިހާ ކަމަކަށް ބަލާއިރު ކުޅިކޮށް ކެއުން ހުއްޓާލަންވީ ސަބަބެއް ހަމަ ނެތެވެ. ކުޅިކޮށް ކެއުން ކުރިއަށް ގެންދަންވީ އެވެ.