މީގެކުރިން ވެސް ތަރައްގީގެ މަޝްރޫއުތައް ނުހިންގޭނެ ކަމަށް ބުނަމުން އައި ބޭފުޅަކު ވެރިކަމަށް އައިސްގެން އެއްވެސް މަޝްރޫއެއް ނުހިންގޭނެ ކަމަށް ވިދާޅުވެ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު ފާޑުވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒަށް ފާޑުވިދާޅުވެ ރައީސް ޞޯލިހު ވާހަކަ ދެއްކެވީ ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިރިލަންދޫގައި ރައްޔިތުންނާ ބައްދަލު ކުރައްވާ އެވެ.
ރައީސް ވިދާޅުވީ ހިރިލަންދޫގެ ރައްޔިތުން އެންމެ ބޭނުން ވަނީ އެ ރަށުގެ ބިންހިއްކުން ކަމަށެވެ. ނަމަވެސް ރަށުގެ ފުއްޓަރު ފަރާތުން ރާޅު އަރާ ކަމަށް ވިދާޅުވެ ރަށުގެ ބިން ނުހިއްކަން ޑރ. މުއިއްޒު ޕްލޭނިން މިނިސްޓަރަކަށް ހުންނެވި އިރު ރައީސް ޔާމީނަށް ލަފާއެރުވި ކަމަށެވެ.
"މިއިން ރަށެއްގައި ހިއްކާނެ ބިމެއް ނޯންނާނެ. ނުހިއްކޭނެއޭ ވިދާޅުވާނީ. ބަނދަރެއް ނުހެދޭނެއޭ ވިދާޅުވާނީ. ފެނާއި ނަރުދަމާއެއް ނޭޅޭނެއޭ ވިދާޅުވާނީ... މިތަން ހަރުކަމުން ނުކޮނެވޭނެއޭ. ބަނދަރުގައި އޮތީ ގަލޭ، އެތަނެއް ނުނެގޭނެއޭ. ވިލެއް ފުނެއް ނުކުރެވޭނެއޭ. ހަމައެކަނި ކަންކުރެވެން އެބޭފުޅުންނަށް ފެންނަނީ އެންމެ ތަނެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ހިރިލަންދޫއަށް ގިނަ ވައުދުތަކަށް ވެވަޑައިގެންފަ އެވެ. އެގޮތުން ބޮޑެތި ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި، ބަނދަރު ބޮޑުކޮށް ވަސީލަތްތައް ގާއިމްކުރުމާއި، ކޯލްޑް ސްޓޯރޭޖް ހަދައި މަސް ކިރޭ ގޮތް ހެދުމުގެ އިތުރުން ސިއްހީ މަރުކަޒު ތަރއްގީ ކުރުން ހިމެނެ އެވެ.

އީރާނުގެ ސްކޫލަކަށް ހަމަލާދީ 53 ކުދިން މަރާލައިފި
ގައުހަރުގެ ހަގު ދަރިފުޅުގެ ފެނިލުމެއް!
މޮރިޝަސްއިން ގުޅުން ކަނޑާލުމަކީ ކަންބޮޑުވާ ކަމެއް: ނަޝީދު

ސޯލިހު ވިދާޅުވިހެން ވަނދު މުޢީޒަށް ތަރަށްގީއެއް ނުކުރެވޭނެ މާލޭގެ މޭޔަރުކަން ދިނުމުންވެސް ވީކަމެއްހަރާމް މަރުވާގަސްތަކެއްޖަހާ ބޭކާރު ޚަރަދުކުރަނީ ވަރަށް ވަރަށް ސާފް