ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ޝާހު މާހިރު މަގާމުން އިސްތިއުފާ ދެއްވާ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވައިފި އެވެ.
ޑރ. ޝާހު މާހިރު ހެލްތު މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ 2018 ވަނަ އަހަރު މި ސަރުކާރާ އެކު ކޯލިޝަން ހެދި ޖުމްހޫރީ ޕާޓީ އަށް ލިބުނު ސްލޮޓެއްގަ އެވެ.
އިސްތިއުފާ ދެއްވާ ރައީސްއަށް ފޮނުއްވި ސިޓީގައި ޝާހު ވިދާޅުވެފައި ވަނީ އޭނާގެ ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން ސިއްހީ ދާއިރާއަށް ހިދުމަތް ކުރެވޭތޯ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ފައިދާ ކުރާނެ ސިޔާސަތުތައް ކުރިއެރުވުމަށް ސަރުކާރާއި މިނިސްޓްރީގެ ތެރެއިން ލިބެމުން ނުދާ ކަމަށެވެ.
ޑރ. ޝާހު މާހިރު މިއަދު ވަނީ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވުމަށް ފަހު އެ ފޯމު އެ ޕާޓީގެ ބާނީ ރައީސް މުހައްމަދު ނަޝީދަށް ހަވާލުކޮށްފަ އެވެ.
ހިތަދޫ ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަނީ ސިނާއި ސައީދު
"ލާހޯރް 1947"ގެ ނަން ބަދަލު ކުރަނީ!
ކައުންސިލް އިންތިހާބުގައި ގިނަ ބަޔަކު ޕީއެންސީއަށް ބުނީ "ނޫނެކޭ"
