ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނެ އެ އިދާރާއިން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ފުލުހުންގެ އިދާރައިން މިއަދު ބުނީ މަޖިލީހުން ހުށައެޅި މައްސަލާގައި ޖިނާއީ ތަހުގީގެއް ފަށަން ބޭނުންވާ އަސާސީ މައުލޫމާތު ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އަދި އެކަން ސިޓީ އަކުން މަޖިލީހަށް އަންގާފައިވާ ކަމަަަށެވެ. އަދި ރިޝްވަތުގެ މައްސަލަ ތަހުގީގުކުރުމުގެ މައި އިހްތިސާސް އޮންނަނީ އެންޓިކޮރަޕްޝަން ކޮމިޝަނަށް ކަމަށް ވާތީ އޭސީސީ އިން ތަހުގީގަކަށް އެހީތެރިކަމަށް އެދެފިނަމަ ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަަށް ސިޓީ ގައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުން މިފަދަ މައްސަލައެއް ހުށަހަޅާފައިވާ އިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު ރިޝްވަތު ދެއްވާ ކަމަށް ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުން މިފަދަ މައްސަލައެއް ހުށަހަޅާފައިވާ އިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު ރިޝްވަތު ދެއްވާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންދަވަނީ ލަދެއް ނެތި ބިރެއް ނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލިސް މެމްބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދެއްވަމުން ކަމަށެވެ. އެކަމުން ވާނެ މޮޅެއް ނޯންނާނެ ކަމަށާއި އެމަނިކުފާނު ފަލީހަތްވުން ނޫން ކަމެއް ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި އިރު ޑިމޮކްރެޓްސްގައި ހުންނެވުމަށް ފަހު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވެސް ވަނީ އަލުން އަނބުރާ އެމްޑީޕީ އަށް ސޮއިކޮށްފަ އެވެ.
އެބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ނަޝީދު ވަނީ ރައީސް ޞޯލިހު އެ ބޭފުޅުންނަށް ރިޝްވަތު ދެއްވި ކަމަށް ވިދާޅުވެފަ އެވެ.