އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގދ. ތިނަދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
ރައީސް ޞޯލިހު މިއަދު ހަވީރު ވަނީ ގދ. ތިނަދޫއަށް ވަޑައިގެންފަ އެވެ. ރައީސް ޞޯލިހުއާ ސަލާމް ކުރެއްވުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަނދަރު މައްޗަށް ނުކުމެފަ އެވެ.
ކެމްޕެއިނަށް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނަށް އެއްބުރުން އިންތިހާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ފެންނަމުންދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ގދ. އަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ތިނަދޫގައި މިރޭ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އީރާނެކޭ އެއްފަދައިން ލުބުނާނުގެ ހަނގުރާމަ ހުއްޓާލުން މުހިއްމު
އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް ބާއްވާނެ ތާރީހެއް ކަނޑަނާޅާ
ހަނގުރާމައިގެ ތެރޭގައި ވެސް ވޯލްޑް ކަޕުގައި އީރާން ކުޅޭނެ
