މޫސުން ބަދަލުވުމަކީ އެކަމާ ކަންބޮޑުވެ ގިނަ ބަޔަކު އެ ވާހަކަ ދައްކާ މައްސަލައެކެވެ. އަދި ފައިދާ އަށްވުރެ ގެއްލުން ވެސް މާބޮޑު ކަމެކެވެ.

މިފަހަރު މޫސުން ބަދަލުވުމުގެ ސަބަބުން މިވީ އާދަޔާ ހިލާފު އެހެނަސް ސަޅި ކަމެކެވެ.

މި ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމާ ގުޅިގެން އިނގިރޭސިވިލާތުން މީގެ 60 މިލިއަން އަހަރު ކުރިން ފެނުނު ވައްތަރުގެ ގަހެއް އަލުން އާލާވާން މިވަނީ ފަށައިފަ އެވެ.

ދުނިޔޭގައި ޑައިނަސޯ އުޅުނު އިރުވެސް "ސައިކަޑް" ނަމަކަށް ކިޔާ މި ބާވަތުގެ ގަސް ހުންނަ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެ އެވެ.

މި ސައިކަސް ރިވޯލްޓާ މިހާރު ހައްދަމުން ގެންދަނީ ޔޫކޭގެ ވެންޓޯ ބޮޓޭނިކަލް ގާޑެންގަ އެވެ.

އެ މީހުން މިހާރު ވަނީ މި ގަސް އާލާ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.