ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގަންނަވާއިރު މުއިއްޒުއާ ދެކޮޅަށް ނުރުހޭ ބަހެއް ބުނާ އެއްވެސް މީހަކާ ބައްދަލު ނުކުރާ ކަމަށާއި އިދިކޮޅު ސަރުކާރެއްގައި އެއްވެސް މީހަކަށް ހިޔާލުފާޅު ކުރުމުގެ މިނިވަންކަމެއް ނޯންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ހދ. ފިނޭއަށް މިއަދުކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ރައީސް ޞާލިހު ވިދާޅުވީ އިދިކޮޅު ޕީޕީއެމްގެ ސަރުކާރެއް ރައްޔިތުން ތަޖުރިބާ ކޮށްފި ކަމަށެވެ. އަނެއްކާވެސް އެބޭފުޅުން އަނިޔާވެރިކަން ނައްތާލަން ކަމަށް ބުނެ މިއަދު ނުކުމެއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެބޭފުޅުންގެ ސަރުކާރެއްގައި އަނިޔާވެރިކަން ނައްތާލުން ކަމަށް ވާނީ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ހިފާ ހައްޔަރުކޮށް ޖަލަށްލުން ކަމަށެވެ. އެއްވެސް މީހަކަށް ސަރުކާރާ ދެކޮޅަށް ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަރުކާރާ ދެކޮޅަށް ހިޔާލުފާޅުކުރާ އެއްވެސް މީހަކަށް ފުރުސަތެއް ނޯންނާނެ. މިއަދުވެސް އެކަން ވަނީ އެހެން. ކެމްޕެއިންތަކުގައި ދަތުރުކުރާއިރު ކިރިޔާވެސް ނުރުހޭ ވާހަކައެއް ބުނެފިއްޔާ އެމީހަކާ ބައްދަލެއް ނުކުރޭ." ރައީސް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވި އިރު ރައީސް ޞާލިހު ކެމްޕެއިނަށް ބައެއް ރަށްރަށަށް ވަޑައިގަންނަވާއިރު އެރަށްތަކުގައި އިދިކޮޅު ފަރާތްތަކުން ރައީސް ސޯލިހާ ދެކޮޅަށް އަޑު އުފުލުމަށް ފުލުހުން ދަނީ ހުރަސް އަޅަމުންނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހު ރަށްރަށަށް ވަޑައިގަންނަވާ ވަގުތުވެސް ޕީޕީއެމް ސަޕޯޓަރުން އަޑު ގަދަކޮށް މުޒާހަރާ ކުރެ އެވެ. އަދި އެ މުޒާހަރަތައް ހަމަނުޖެހުމަށް ބަދަލުވެ ބަޔަކު ހައްޔަރުކޮށްފައި ވެސް ވެ އެވެ.
މިހިނގާ ސަރުކާރުގެ އަނިޔާވެރިކަން މާބޮޑު. ޤައުމުގެ މިނިވަންކަމާ ސިޔާދަތީ ބާރުވަނީ އަތުންދޫވުގެ މަގުމަތީގައެވެ. ޤައުމުން ބައެއް ގެއްލިއްޖެ. މިކަންކަމައްވުރެ އަނިޔާވެރިކަމެއް އޮންނާނެތަ؟
މި ވެރިކަމުގައި އެއްވެސް އަމާންކަމެއް ނެތް. ސްކޫލްތަކުގައިވެސް ހުސް ހަސަދަވެރިކަން