މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބު އަހުމަދު ޒާހިދު ހަމީދީގެ މައްޗަށް ހުށަހެޅިފައިވާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންއާ ބެހޭ ހުރިހާ ދައުވާއެއް އެ ގައުމުގެ ކޯޓުން ބޭރު ކޮށްލައިފި އެވެ.
އަހުމަދު ޒާހިދަކީ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ އެކު ކޯޓަށް މައަސަލަ ވެއްދި އެ ގައުމުގެ ކުރީ ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން ޕާޓީ 2018 ގެ އިންތިޚާބުން ބަލިވުމާ އެކު އޭރުގެ ސަރުކާރުގެ ގިނަ ބަޔަކަށް ވަނީ ކޮރަޕްޝަނާއި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާތައް ކޮށްފަ އެވެ.
މިދިޔަ ނޮވެމްބަރު މަހު ބޭއްވި އިންތިޚާބުގައި މިހާރުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ސަރުކާރެއް އެކުލަވައިލުމަށް އެހީތެރިވުމުގެ ގޮތުން ޒާހިދީ ވަނީ އޭނާގެ ޕާޓީއާ އެކު އަންވަރު އިބްރާހީމްގެ ކޯލިޝަންގައި ބައިވެރިވެ ވަޑައިގެންފަ އެވެ.
ޒާހިދީގެ މައްޗަށް އުފުލައިފައިވާ ހުރިހާ ދައުވާތަކެއް އަނބުރާ ގެންދަން ކޯޓުން އަމުރުކުރި އިރު މީގެ ދުވަސްކޮޅެއް ކުރިން ކޯޓުން ވަނީ ކުރީގެ ބޮޑުވަޒީރު ނަޖީބުގެ މައްޗަށް އުފުލައިފައިވާ ދައުވާތައް ވެސް ސާބިތު ނުވާ ކަމަށް ނިންމައިފަ އެވެ.